ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޒުހައިރުއާ ބައްދަލުކުރުމަށް މާލެ ސިޓީ ކައުންސިލްގެ މެންބަރުން ދިޔުމުން އެ ކުންފުނީގެ ސެކިއުރިޓީން ހުރަސްއަޅައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު، އާދަމް އާޒިމް އާއި އެ ކައުންސިލްގެ މެންބަރުން އެޗްޑީސީއަށް ދިޔައީ މިއަދު މެންދުރު އެވެ. ނަމަވެސް އެ ކައުންސިލުގެ މުވައްޒަފުންނަށް އެޗްޑީސީގެ ރިސެޕްޝަނާ ހަމައަށް ދިޔުމަށް އެ ކުންފުނީގެ ސެކިއުރިޓީން ވަނީ ހުރަސްއަޅައިފަ އެވެ.
MU STORE
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
މާލެ ސިޓީ ކައުންސިލުގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވީ އެޗްޑީސީގެ އެމްޑީއާ ބައްދަލުކުރަން ދިޔައީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާތީ އާއި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގައި އެޗްޑީސީން އިހުމާލުވަމުން ދާތީ ކަމަށެވެ.
މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމަށް އެއްވެސް ހުރަހެއް ނެތެވެ. ހަމައެކަނި ބޭނުން ވަނީ އެމަނިކުފާނުގެ އިހުލާސްތެރި ނިޔަތާއި އަމުރުފުޅެވެ.
އެހެންނަމަވެސް، އެޗްޑީސީގެ ކައުންޓަރާ ހަމައަށް ދިޔުމަށް ވެސް އެ ކުންފުނީގެ ސެކިއުރިޓީން ހުރަސްއެޅި ކަމަށް އާޒިމް ވިދާޅުވި އެވެ.
"ސެކިއުރިޓީ ބޭފުޅުން ވިދާޅުވީ ތިމަންނަމެންނަށް އަންގާފައި އޮތީ، އެޕޮއިންޓްމެންޓު ނެތި ބައްދަލުނުވާނެތީ އޭ ތިމަންނަމެން މިތާ މި ތިބީ، ދެން އަޅުގަނޑަކަށް ނުފެނޭ އެ ބޭފުޅުން [ހުރަސްއަޅަން] އެ ތަނުގައި ތިބެންޖެހޭ އެއްވެސް ސަބަބެއް ވެސް،" އާޒިމް ވިދާޅުވި އެވެ.
އެޗްޑީސީގެ ކައުންޓަރާ ހަމައަށް ދިޔުމަށް ދެކޮޅު ހެދުމަށްފަހު، އެމްޑީ ވަޑައިގެން އޮފީހުގައި ނޫޅުއްވާ ކަމަށް އެޗްޑީސީގެ މުވައްޒަފަކު ބުނި ކަމަށް އާޒިމް ވިދާޅުވި އެވެ. އެގޮތަށް މައުލޫމާތު ދިނުމުން މިއަދު އައި ނަމަވެސް، ޖަވާބެއް ނުދީ އެގޮތަށް އަމަލު ތަކުރާރު ކުރާނަމަ، އެޗްޑީސީގެ އޮފީހުގައި މަޑުކުރާނެ ދުވަސް ވެސް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދު އައީ، އެކަމަކު އަޅުގަނޑަށް ހީވަނީ މިދާ ރޭޓުން ދަންޏާ އަޅުގަނޑުމެން އެ ތަނުގައި ތިބެންޖެހޭ ދުވަސް ވެސް އަންނާނެހެން، ހައުސިން މިނިސްޓްރީގައި ތިބޭނެ ދުވަސް އަންނާނެކަން ސަރުކާރުން ދަންނަންވާނެ، އެއީ އެހެނެއް ފިއްލަވައިގެނެެއް އެއްވެސް ބޭފުޅަކަށް ނޫޅުއްވޭނެ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލަށްވުރެ މަތީގައި އެޗްޑީސީއަށް ނުތިބެވޭނެ ކަމަށެވެ. އެ ކުންފުނީގެ ޒިންމާއަކީ މާލެ ސިޓީ ކައުންސިލުން އަންގާ ގޮތަކަށް ހުޅުމާލޭގެ ރައްޔިތުންނަށް މުނިސިޕަލް ހިދުމަތްތައް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންނަމަވެސް، މި ވެރިކަމުގެ ކުރީކޮޅު އޮތް މާލޭގެ މޭޔަރުގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނާކާމިޔާބުވުމާއެކު އެ މަސައްކަތް އޮތީ ސަރުކާރުން ހުއްޓާލައިފަ އެވެ.
އެޗްޑީސީގެ އެމްޑީއާ ބައްދަލުކުރަން މާލެ ސިޓީ ކައުންސިލްގެ މެންބަރުން ދިޔުމުން ސެކިއުރިޓީން ހުރަސްއަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ