ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި މިރޭ އާޖެންޓީނާ އާއި އިންގްލެންޑް ކުޅޭ މެޗު ބަލާއިރު އަޑުގަދަ ނުކުރަން ފުލުހުން އިލްތިމާސްކޮށްފި އެވެ.
އެމެރިކާގެ އެޓްލާންޓާ ސިޓީގައި މިރޭ އާޖެންޓީނާ އާއި އިންގްލެންޑު ބައްދަލު ކުރާ މެޗު އޮންނާނީ ދަންވަރު 12:00 ޖަހާއިރު އެވެ. ދިވެހި އަދި ރާއްޖޭގައި ދިރިއުޅޭ ވަރަށް ގިނަ ބިދޭސީން އާޖެންޓީނާއަށް ސަޕޯޓު ކުރެ އެވެ.
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
މެޗުގެ ކުރިން ފުލުހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިރޭގެ މެޗު ކުރިއަށްދާއިރު އަދި މެޗުގެ ފަހުން އުފާ ފާޅު ކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހްތިރާމް ކުރަން އިލްތިމާސް ކުރާ ކަމަށެވެ.
"މިރޭ އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރަން،" ފުލުހުން ބުނެފައިވެ އެވެ.
"ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެންމީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދެން."
އޭގެ އިތުރުން، މަގުތަކުގައި ހަރުކޮށްފައި ހުރި ސްކްރީންތައް ކައިރި މެޗު ބަލާއިރު އެހެން މީހުންނަށް ދަތިވާ ގޮތަށް ސައިކަލުތަކުގައި ނުތިބުމަށް ވެސް ފުލުހުން އެދެ އެވެ. އަދި މެޗު ނިމުމުން ސައިކަލު ބުރު ނުޖެހުމަށް ވެސް ފުލުހުން އިލްތިމާސް ކުރެ އެވެ.
"އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި، މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ދަންނަވަން،" ފުލުހުން ބުނެފައިވެ އެވެ.
މިރޭ މި ކުޅެނީ ސެމީ ފައިނަލުގެ ދެ ވަނަ މެޗެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ސްޕެއިން އާއި ފްރާންސް ބައްދަލު ކުރި މެޗު 2-0 އަކުން ކާމިޔާބު ކުރީ ސްޕެއިން އެވެ. މިރޭގެ މެޗުން މޮޅުވާ ބަޔަކު ސްޕެއިންއާއެކު ފައިނަލް މެޗު ކުޅޭނީ ޖުލައި 20، ގަ އެވެ.
އާޖެންޓީނާ-އިންގްލެންޑް މެޗު ބަލާއިރު އަޑުގަދަ ނުކުރަން ފުލުހުން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ