އެއާޕޯޓުތައް ތަރައްގީކުރުމާއި ހިންގުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށާއި އިތުރު އެއާޕޯޓުތައް ތަރައްގީކުރުމުގެ ބަދަލުގައި މިހާރު ހުރި އެއާޕޯޓުތަކުން އާމްދަނީ ހޯދޭނެ މަގެއް ހޯދުން މާ މުހިންމު ކަމަށް އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުގެ "ވިޔަ" ޕްރޮގްރާމުގައި ފިރާގު މިހެން ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަން ސިނާއަތުގެ ކުރިމަގާއީ ވައިގެދަތުރުފަތުރުގެ ދާއިރާ އިތުރަށް ތަރައްގީކުރުމާ ގުޅޭ ގޮތުން އޭނާ ދެކޭ ގޮތް ހިއްސާކުރައްވަމުންނެވެ.
Zetta Enterprises Pvt Ltd
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
MU STORE
ފިރާގުގެ ވާހަކަ ފައްޓަވަމުން ވެސް އޭނާ ވިދާޅުވީ ރާއްޖޭގެ ސަރަހައްދަށް ބަލާ ކަމުގައި ވަނީ ނަމަ ފުދޭ ވަރަކަށް އެއާޕޯޓުތައް އެބަހުރި ކަމަށެވެ. އަދި ޕްލޭނެއް ނެތި އިތުރު އެއާޕޯޓުތައް ތަރައްގީކުރަމުން ގެންދިޔުމަށް ވުރެ، މިހާރު ހުރި އެއާޕޯޓުތަކުން އާމްދަނީ ހޯދޭނެ ގޮތެއް ހޯދުން މާ ބުއްދިވެރި ކަމަށް އޭނާ ވިދާޅުވި އެވެ.
ފިރާގު ވިދާޅުވި ގޮތުގައި ރަނގަޅު ޕްލޭނަކާއެކީ، ބަދަލުތަކެއް ގެނެސްގެން މިހާރު ތަރައްގީކޮށް ނިމިފައި ހުރި އިންޓަނޭޝަނަލް އެއާޕޯޓުތަކާއި ޑޮމެސްޓިކް އެއާޕޯޓުތަކުގެ ބޭނުން ވެސް ބޭނުން ވެސް މިހާރަށް ވުރެ ރަނގަޅަށް ހިފޭނެ އެވެ.
"އޭގެ ތެރޭގައި މިސާލަކަށް ބޭރުގެ ޕާޓިތަކާ ގުޅިގެން އެމްއާރުއޯ ނޫނީ ވިއްޔާ މިސާލަކަށް އެ ބޭފުޅުންގެ ހަބެެއްގެ ގޮތުގައި ޕާޓްނާޝިޕަކަށް ގޮސްގެން މި ދެންނެވީ ޑޮމެސްޓިކް އެއާޕޯޓުތައް އޭގެ ޒާތުގައި އިންޓަނޭޝަނަލް ކުރުވައިގެން އޭގެން އަޅުގަނޑުމެންނަށް ފައިދާ ހޯދޭނެ މަގުތައް އެބައޮތޭ،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓުތަކުގެ ބޭނުން ހިފުމުގެ ރަނގަޅު ޕްލޭނަކާ އެކީ، ޓޫރިޒަމް ސިނާއަތުން ލިބޭ ވަރުގެ އާމްދަނީއެއް އޭވިއޭޝަން ސިނާއަތުން ވެސް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ފިރާގު ވިދާޅުވި އެވެ. އެކަމަކު ގައުމީ ވިސްނުން އިސްކޮށް، އުނދަގޫ ނިންމުންތަކެއް ނިންމައިގެން މެނުވީ އެކަން ހާސިލުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާޕޯޓުތަކުގެ ބޭނުން ނުހިފޭ މައްސަލައިގައި އެކި މީހުން އެކި ގޮތަށް ވާހަކަ ދައްކާ އިރު، ފިރާގު ގަބޫލުކުރައްވާ ގޮތުގައި މިކަމަށް ހުރި ހުރަސްތަކަކީ އެތެރޭގެ ކަނެކްޓިވިޓީ ނެތުމާއި އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑު ވުމެވެ.
ކަނެކްޓިވިޓީގެ މައްސަލަ ފިރާގު ނެންގެވީ ގަން އިންޓަނޭޝަނަލް އެއާޕޯޓާ ގުޅުވަ އެވެ. މި އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނަގާފައި ރާއްޖޭގެ އެންމެ ދުވަސްވީ އިންޓަނޭޝަނަލް އެއާޕޯޓެވެ. ގަން އެއާޕޯޓު އިންޓަނޭޝަނަލް ކުރިތާ 18 އަހަރު ވޭތުވީއިރު، ގަވާއިދުން ބޭރު ދަތުރުތަކެއް ކުރަނީ އަވައްޓެރި ސްރީލަންކާގެ، ސްރީލަންކަން އެއާލައިންސް އެކަންޏެވެ.
ފިރާގު ވިދާޅުވީ މި ފަހުން ސްްރީލަންކަން އެއާލައިންސް އާއި މޯލްޑިވިއަންއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، މޯލްޑިވިއަންގެ ސީޕްލޭންގައި ހުވަދޫއަށް ކަނެކްޝަން ދޭން ފެށުމާ ހަމައަށް ގަމަށް އަންނަ ބަޔަކު ރާއްޖޭގެ އެހެން މަންޒިލަކަށް ދަތުރުކުރާނެ ގޮތެއް ނޯންނާނެ ކަމަށެވެ.
އަގުގެ މައްސަލައިގައި ފިރާގު ވިދާޅުވީ، އެ ކަން ހައްލުކުރެވޭނީ ޓޫރިސްޓުންނަށް ޓިކެޓުތައް ވިއްކާ އަގު ހެޔޮ ކުރަން އެ ޗެއިނުގައި ހިމެނޭ ޓޫރިޒަމް ވިޔަފާރިތަކާއި ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތައް އެއްގަލަކަށް އަރައިގެން އަގު ތިރިކުރަން އެއްބަސްވެވިގެން ކަމަށެވެ. ވަކިން ހާއްސަކޮށް ރިސޯޓުތަކުން، އަމިއްލަ މަސްލަހަތު ދޫކޮށް ޓޫރިސްޓުންނަށް އަގުތައް ތިރިކޮށްދޭން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ތަރައްގީކޮށް ނިމި ބޭނުންކުރަމުން އަންނަ އެއާޕޯޓުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަސް އިންޓަނޭޝަނަލް އެއާޕޯޓާއި 15 ޑޮމެސްޓިކް އެއާޕޯޓު އެބަހުއްޓެވެ. އިތުރު 12 އެއާޕޯޓެއް ތަރައްގީކުރަން އިއުލާންކޮށް، އޭގެ ތެރެއިން ބައެއް އެއާޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
އެއާޕޯޓުތައް އެޅުން ހުއްޓާލާ، ހުރި އެއާޕޯޓުތަކުން އާމްދަނީ ހޯދުން މާ މުހިންމު: ފިރާގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ