ފަލަސްތީނުގެ ނަން ދޭންވާނީ ބޮޑު މަގަކަށް: މައުމޫން

ފަލަސްތީނާ ގުޅުވައިގެން މާލޭގެ މަގަކަށް ނަން ކިޔުމަކީ ވަރަށް ފެންނަ ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
‏ފަލަސްތީނާ ގުޅުވައިގެން މާލޭގެ މަގަކަށް ނަން ކިޔުމަކީ ވަރަށް  ފެންނަ ކަމެއް ކަމަށާ އަދި އެނަން ކިޔަން ވާނީ އެކަށީގެންވާ  ބޮޑު މަގަކަށް ކަމުގައި ގަބޫލު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވާ "ފަލަސްތީނު ހިނގުން" ކިޔަން މާލެ ސިޓީ ކައުންސިލުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.  މިކަން ސިޓީ ކައުންސިލަށް ހުށަހެޅީ މޭޔަރު އާދަމް އާޒިމް އެވެ.މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ ފަލަސްތީނަކީ ވަރަށް ބޮޑަށް ދިވެހިންގެ ހިތާ ގުޅިފައިވާ ބައެއް ކަމަށެވެ. އެފަދަ ގައުމަކަށް ދިވެހިންގެ އިހްތިރާމް އަދާކުރުމަށް އެގައުމާ ގުޅުވައި މަގަކަށް ނަން ކިއުމަކީ އެދޭ ގޮތެއް ކަމުގައި އާޒިމް ފާހަގަކުރެއްވި އެވެ. "އަޅުގަނޑުމެންގެ އެބަހުރި ނަން ނުކިޔާ ދެމަގެއް، އޮތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. އެތަނުން މަގަކަށް ނުވަތަ އެހެން މަގަކަށް ނަމަވެސް ފަލަސްތީނު ހިނގުން ނަމަވެސް ނަމެއް ކިއުން ކިހިނެއްތޯ ފެނިވަޑައިގަންނަވަނީ " މާލެ ސިޓީ ކައުންސިލަރުން ގެ ހިޔާލަކަށް އެދި މިއަދުގެ ޖަލްސާގައި މޭޔަރު އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ އެފަދަ ނަމެއް ކިޔަންވާނީ ރަނގަޅު މަގަކަށް ކަމަށެވެ. އެ ހުށަހެޅުމަށް މާލެ ސިޓީގެ ހުރިހާ ކައުންސިލަރުން ވެސް ތާއީދު ކުރި އެވެ. މޭޔަރު އާޒިމް ވިދާޅުވީ ނަންކިޔާނެ މަގެއް ކަނޑައެޅުމަށް ފަހު އެކަން ހާމަކުރާނެ ކަމަށެވެ. އަދި ފަލަސްތީނުގެ ނަމުން މަގަށް ނަންދެވުން ރަސްމިއްޔާތެއްގެ ގޮތުގައި ފާހަގަ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ ފަލަސްތީނާ ގުޅުވައިގެން މާލޭގެ މަގަކަށް ނަން ކިޔުމަކީ ވަރަށް ފެންނަ ކަމެއް ކަމަށާ އަދި އެނަން ކިޔަން ވާނީ އެކަށީގެންވާ ބޮޑު މަގަކަށް ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ