ސިޔާސީ ހުރިހާ މުވައްޒަފުންގެ ނަންތައް ހާމަނުކުރަން ރައީސް އޮފީހުން ކޯޓަށް

ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ރައީސް މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ސިޔާސީ މުވައްޒަފުންގެ ނަންތަކާއި މުސާރަ ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމި ނިންމުން ރައީސް އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން މައުލޫމާތު ހޯދުމަށް އެދިފައިވަނީ:
17 ނޮވެމްބަރު 2023 އިން ފެށިގެން 8 ޖެނުއަރީ 2024ގެ ނިޔަލަށް އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު
އެ މުވައްޒަފުންގެ ނަންތައް، އެޑްރެސް، ވަޒީފާ އަދާކުރާ މިނިސްޓްރީ، މަގާމު އަދި މުސާރައިގެ މައުލޫމާތު ދިނުމަށް
އައިކޮމް އިން ނިންމީ އެޑްރެސް އުނިކުރުމަށް ފަހު ދެން ހުރި މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށެވެ.
ތަފްސީލް - ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، އައިކޮމްގެ ނިންމުން ރައީސް އޮފީހުން އިސްތިއުނާފްކުރީ މިދިޔަ ހަފުތާ ހޯމަ ދުވަހުގަ އެވެ. މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ފާހަގަކޮށްލެވޭ - ސަރުކާރުގެ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކުރި އިރު، އެ މުވައްޒަފުންގެ މައުލޫމާތު ވެސް ސިއްރުކުރަން ސަރުކާރުން ހައި ކޯޓަށް މައްސަލަ ހުށަހަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ