އެސްޓީއޯގެ ބޯޑަށް ފަޒީނާ އައްޔަނު ކޮށްފި

ފަޒީނާ ވަނީ މީގެ ކުރިން ވެސް އެެސްޓީއޯގައި އާންމު ހިއްސާދާރުންގެ ފަރާތުން އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަން ކުރައްވާފަ އެވެ.
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ގދ. ގައްދޫ، ބިލަތްމާގެ، އައިޝަތު ފަޒީނާ އައްޔަން ކޮށްފި އެވެ. 
އެސްޓީއޯގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރާ މެންބަރުގެ މަގާމަށް ފަޒީނާ އައްޔަން ކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން އިއުލާން ކޮށްފަ އެވެ. ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެސްޓީއޯ އިން ބުނީ ފަޒީނާ އެ ކުންފުނީގެ ބޯޑު މެންބަރުގެ މަގާމަށް އައްޔަން ކުރީ އިއްޔެ އެވެ.ފަޒީނާ ވަނީ މީގެ ކުރިން ވެސް އެެސްޓީއޯގައި އާންމު ހިއްސާދާރުންގެ ފަރާތުން އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަން ކުރައްވާފަ އެވެ. އަދި އޭނާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފިނޭންސް ޑިރެކްޓަރުންގެ ޕޫލުގައި ވެސް ހިމެނޭ ބޭފުޅެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ