ރަމަޟާން މަހުގެ އިނާޔަތް އަންނަ ހަފްތާގެ ބުރާސްފަތީގެ ކުރިން ދިނުމަށް އަންގަވައިފި

މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން މުވައްޒަފުންނަށް ދިނުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އަންގަވައިފިއެވެ. މިކަން އަންގަވާފައިވަނީ އެ ވުޒާރާއިން ނެރުނު ސަރކިއުލާއެއްގައެވެ.
ސަރކިއުލަރގައިވާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭންޖެހެއެވެ. އަދި މި އިނާޔަތުގެ ފައިސާ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް އަޕްލޯޑްކޮށް ޕޯސްޓްކުރުމަށް ކުންފުނިތަކަށް އަންގަވާފައިވެއެވެ.
އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނާ ގުޅޭގޮތުން ވަކި އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ. މިގޮތުން، މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭނީ ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުންނެވެ.
މީގެއިތުރުން، ރަމަޟާން މަސް ފެށޭއިރު "ޕޭ ލީވް" އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތް ނުލިބޭނެއެވެ. ނަމަވެސް، މިފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދަށް އިނާޔަތުގެ ފައިސާ ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ