ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ މުއްދަތު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން އިތުރުކޮށްފިއެވެ.
މިނިސްޓްރީން ބުނީ މުއްދަތު އިތުރުކުރަން ނިންމީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކަށް އޮޕަރޭޝަނަލް އަދި ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ.
މި ޚިދުމަތަށް ހޮވޭ އޮޕަރޭޓަރުންނަށް ރާއްޖޭގައި ޚިދުމަތް ދިނުމުގެ ހުއްދަ ދޭނީ އެންމެ ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތަށެވެ. ޚިދުމަތް ދޭންވާނީ ރާއްޖޭގެ އޭވިއޭޝަން އޮޕަރޭޓަރެއް ނުވަތަ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗަރ އުސޫލުންނެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާ ކުންފުނިތަކަކީ މަދުވެގެން 5 އަހަރު ދުވަހު ހެލިކޮޕްޓަރު އޮޕަރޭޝަންގެ ތަޖުރިބާ ހުރި ކުންފުނިތަކަކަށް ވާންޖެހޭނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ ޖޫން މަހުގެ މެދުތެރޭގައި ކޮންޓްރެކްޓްތަކުގައި ސޮއިކޮށް، ކުންފުނިތަކަށް ހުއްދަ ދޫކުރެވޭނެއެވެ. އަދި ހުއްދަ ދޭ ތާރީޚުން ފެށިގެން އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނޮވެމްބަރު 1 ގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށަންޖެހޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބަޔާންކޮށްފައެވެ.
ހެލިކޮޕްޓަރު ޚިދުމަތުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ