އެސްޓީއޯއިން ލޮނުމެދު ކިލޯއެއް 45ރ. އަށް
އެސްޓީއޯ އިން ލޮނުމެދު ކިލޯއެއް 45ރ. އަށް މިއަދު ވިއްކަން ފަށައިފި އެވެ.އެގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން ލޮނުމިދު ކިލޯއެއް 45 ރުފިޔާއަށް ވިއްކާއިރު، ބާޒާރުގައި ކިލޯއެއް ލިބެން ހުރީ 90 ރުފިޔާއާ 120 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.ރޯދަ މަހު އާންމުންނަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް އެސްޓީއޯއިން އަންނަނީ އެތަކެތި ހެޔޮ އަގުގައި ބާޒާރަށް ނެރެމުންނެވެ. އޭގެތެރޭގައި، ފިޔާ، ބިސް، އަލުވި، ލުނބޯގެ އިތުރަށް ކާށި ހިމެނެއެވެ.އެސްޓީއޯއިން އަންނަނީ ބައެއް ބާވަތްތައް ހޯލްސޭލްކޮށް ވެސް ވިއްކަމުންނެވެ. ހުޅުމާލޭގެ އެސްޓީއޯ ހޮޓާ ސަައިޓުގެ އިތުރުން މާލޭ އިންޑަސްޓްރިއަލް ވިލެޖުންނާއި މާލޭގައި ހުންނަ ހޯލްސޭލް ސެންޓަރުން ވެސް ފިޔާ، އަލުވި ބިސް ލިބޭނެ އެވެ.އެހެން އަހަރުތަކާ ހިލާފަށް އެސްޓީއޯ އިން މި ފަހަރުގެ ރޯދަމަހަށް ހާއްސަކޮށް 24 ބާވަތެއް ބާޒާރަށް ގެނެސް ކޮންޓްރޯލު އަގުތަކެއްގައި އަންނަނީ ވިއްކަމުންނެވެ. އެހެންވެ، މިއަދު ރޯދަމަސް ފެށިއިރު ތަކެތީގެ އަގު ވަނީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ