އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލާ ބްރިޖުގެ ފަންނީ ބައެއް މަސައްކަތްތަކަށް ލަފާ ދޭނެ ބަޔަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
މި މަސައްކަތްތަކަށް ބަޔަކު ހޯދަން އިއުލާނުކުރީ، މި މަސައްކަތް އިއުލާނު ކުރަން ރައީސް ކަނޑައެޅުއްވި ތާރީހު ފަހަނަ އަޅައި ދިޔަކްން އަދަދު ނޫހުން އިއްޔެ ޝާއިޢުކޮށްފައި ވަނިކޮށެވެ.
ފެބްރުއަރީ 6، 2025 ގައި ރައްޔިތުންގެ މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، "އައްޑޫ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސާވޭ އާއި، އިންޖިނިއަރިން ޑިޒައިން ކުރާނެ ފަރާތެއް ހޯދައި، ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މި މަހުގެ ތެރޭގައި، ބަޔަކު ހޯދަން އިއުލާނު ކުރާނަން،" ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިއުލާނު ފިނޭންސް މިނިސްޓްރީން ގެޒެޓުކުރީ މިއަދު އެވެ.
އެ އިއުލާނުގައި ވަނީ އައްޑޫ ސިޓީ ހިތަދޫ-ހުޅުމީދޫ ލިންކް ޕްރޮޖެކްޓްގެ ސާވޭ، ޑިޒައިން އަދި ޓެންޑަ ޑޮކިއުމަންޓް، ޓެކްނިކަލް ސްޕެސިފިކޭޝަންއާ ގުޅޭ މަސައްކަތްތަކަށް ކޮންސަލްޓަންސީ ދޭނެ ފާމެއް ހޯދުމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާޗު 24 ގެ ކުރިން ހުށަހަޅަންޖެހެ އެވެ.
އައްޑޫ ބްރިޖުގެ މަސައްކަތްތަކާ ގުޅޭ ސާވޭ ކުރާނެ ބަޔަކު އަލުން ހޯދާއިރު، އެ ބްރިޖުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާވޭތައް ކުރުމަށް މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ، މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގައި އޮތީ ހަވާލުކޮށްފަ އެވެ.
އައްޑޫ ބްރިޖު އެޅުމާ ގުޅޭ ދިރާސާތައް ކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ވެސް 30 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮތެވެ.
ބްރިޖުގެ ފުރަތަމަ ޑިޒައިން ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތް އަރަބް ކޮންޓްރެކްޓާސް ގްރޫޕުން ނިންމި ކަމަށް މިދިޔަ އަހަރުގެ މާޗު މަހު އިންފްރާސްޓަރަކްޗާ މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް އެއަށް ފަހު ވޭތުވެދިޔަ އަހަރެއްހާ ދުވަހު އެ މަސައްކަތަށް ވީނުވީއެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
އައްޑޫ ބްރިޖުގެ ފަންނީ މަސައްކަތްތަކަށް ލަފާ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އައްޑޫ ބްރިޖުގެ ފަންނީ މަސައްކަތްތަކަށް ލަފާ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ