އުރީދޫގެ އެހީގައި ހުޅުމާލެ ގްރޭންޑް މިސްކިތް އާބާތުރަ ފިލުވުމަށްފަހު ހުޅުވައިފި
މަސްޖިދުލް ޝައިހް ގާސިމް ބިން އަލްސާނީ (ހުޅުމާލޭ ގްރޭންޑް މިސްކިތު)ގެ ހުރިހާ ތަނެއްގައި އޭސީ ހަރުކޮށް، އެ މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އުރީދޫން ގަތަރު ޗެރިޓީއާ ގުޅިގެން ކުރުމަށް ފަހު ރޯދަމަހުގެ ކުރިން ހުޅުވައިފި އެވެ.މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރާޝިދު އަލް ފަހެއިދާ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވި އެވެ.ޖުމްލަ 1،800 އަށްވުރެ ގިނަ މީހުންގެ ޖާގައިގެ ހުޅުމާލެ ގްރޭންޑް މިސްކިތް އިމާރާތް ކުރީ 2006 ވަނަ އަހަރު އެވެ. އެ މިސްކިތުގެ ގޯތިތެރެ ގަސްތަކުން ރީތިކޮށް، އެތެރޭގައި ސީލިން މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުރެ އެވެ.ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ހާލިދު ވިދާޅުވީ އެ ކުންފުންޏަކީ މުޖުތަމައުއަށް ފައިދާވާ ފަދަ ކަންކަން ކުރުމަށް ވެސް އިސްކަން ދޭ ކުންފުންޏެއް ކަމަށެވެ.ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރަޝީދު އަލްފެހައިދާ ވިދާޅުވީ ގަތަރު ޗެރިޓީގެ އަމާޒަކީ ދުނިޔޭގެ ކޮންމެ ހިސާބަކަށް ވިޔަސް، މުޖުތަމައުތަކަށް ރަނގަޅު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ."މި ޕްރޮޖެކްޓާ އެކު، ހާއްސަކޮށް ބަރަކާތްތެރި ރަމަލޯން މަހާ ދިމާކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް އަޅުކަން ކުރުމަށް މިހާރަށް ވުރެ ރަނގަޅު ޖާގައެއް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ."އުރީދޫ މޯލްޑިވްސް އިން މުޖުތަމައަށްޓަކައި ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރަން. އުރީދޫ ފަދަ ޕާޓްނަރުންނާ އެކު، މުޖުތަމައަށް ފައިދާވާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގަތަރު ޗެރިޓީން ތައްޔާރު."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ