މިފްކޯގެ ހިންގުން ހަރުދަނާކުރުމުގެ ބޭނުމުގައި ގެނައި ބޭރުގެ ސީއީއޯ ޑރ. ވިޓަލީ ލިއުބިމޯވް އެ މަގާމުން ވަކިކޮށްފައިވާ ކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިރޭ ހާމަކޮށްފި އެވެ.
ވިޓަލީ ވަކިކުރި ސަބަބެއް ނުބުނެ ޕީސީބީން އެކްސްގައި ކުރި ކުރު ޕޯސްޓެއްގައި އޮތީ އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އޭނާއަކީ މިފްކޯގެ 32 އަހަރުގެ ތާރީހުގައި އެ ކުންފުނި ހިންގުމާ ހަވާލުވި ފުރަތަމަ ބޭރުގެ ސީއީއޯ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް ވިޓަލީ ހަމަޖެއްސީ މީގެ ތިން މަސް ކުރިންނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުރި އަހުމަދު ޝަމާހު ވަކިކުރިތާ ހަތް މަސް ދުވަސް ފަހުންނެވެ.
ވިޓަލީ މަގާމުން ވަކިކުރި ސަބަބެއް ހާމަނުކުރި ނަމަވެސް, މިފްކޯގެ ތެރެއިން ސިޔާސީ ނުފޫޒު ކުޑަކުރަން އޭނާ ކުރާ މަސައްކަތަށް ސަރުކާރުން އެކި ފިއްތުންތައް ކުރިމަތިކުރުވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މިފަހުން އެ ކުންފުނީގެ އެކި ޑިޕާޓްމަންޓުތައް ހިންގަމުން އައި ތިން ޖެނެރަލް މެނޭޖަރަކު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
މަގާމުން ވަކިކުރި މީހުންގެ ނަންތައް މިހާތަނަށް ހާމަނުކުރާއިރު, މިފްކޯއިން ބުނީ އެ މީހުން ވަކިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިފޯމު އެޖެންޑާގެ ދަށުން މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރިއަށް ގެންދާ އިސްލާހީ އެޖެންޑާގެ ދަށުން ކަމަށެވެ.
ސަރުކާރުގެ މަސް ކުންފުނި ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ) ހިޔާނާތުގެ މައްސަލަ އަށް ފަހު، މިފްކޯ އުފެއްދީ 1993 ގަ އެވެ.
މިފްކޯގެ ސީއީއޯ މަގާމުން ވަކިކޮށްފި މިފްކޯގެ ސީއީއޯ މަގާމުން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ