ރޯދައިގެ ކުރިން ރީޑިން ނަގާފައި ފޮނުވި ކަރަންޓު ބިލާ ގުޅިގެން އާންމުން ކުރަމުންދާ ޝަކުވާތަކާ ގުޅިގެން ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ސްޓެލްކޯއިން އެއްވެސް ކަމެއް ނުކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ހިދުމަތުގެ ރެކޯޑް އޮތް ކުންފުންޏެއް ކަން ފާޙަގަ ކުރައްވަމުން ފަހުމީ ވިދާޅުވީ، އެ ކުންފުނިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ. ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައި އޮތް ވާހަކައެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.
އެއީ ކަސްޓަމަރުންގެ ފައިދާއަށްޓަކަށް ނިންމި ނިންމުމެއް ކަމަށާއި އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއް ނޫން ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ. ބިލްތަކުގެ ރީޑިން ނެގި ތާރީހުތައް ބިލުން ފެންނަން ހުންނާނެ ކަމަށާއި މި ފަހުން ފޮނުވި ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިނ ސައިކަލްގައި ހިމެނޭ ރީިޑިން ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވި ބިލެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.
އަދި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާ ގޮތަށް މި ބިލް ދެއްކުމަށް ވަނީ 30 ދުވަހުގެ މުހުލަތެއް ވެސް ދީފައި ކަމަށް ފަހުމީ ވިދާޅުވިއެވެ.
މި ބިލް ފޮނުވުމުގެ މަގުސަދުތަކުގެ ތެރޭގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަ މަސް ނިމެންދެން އެއް ބިލެެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުން ހިމެނެއެވެ. މީގެ ކުރިން ބެކްލޮގާ އެކު އެ ބިލް ފޮނުވާނަމަ ޑިސްކައުންޓް ދެވޭނީ ރޯދަ މަހުގެ ޔޫސޭޖްގެ އެއްބަޔަށް ކަމަށް ފަހުމީ ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދަ ދިނުމަކީ މީގެ އެއް މަގުސަދު ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މި ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން އެމަހެއްގެ ފަހު ހަފްތާގައި ރީޑިން ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ޑިލިވާ ކުުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިން އާއި މީޓަރާ އަޅާ ކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވެގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
މި ރޯދަ ަމހުގެ ކުރީ ރޯދަމަހެކޭ އެއްގޮތަށް ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިުމަށް ނިންމާފައެވެ. އެ ގޮތުން ސްޓެލްކޯއިން ބުނެފައި ވަނީ ކަރަންޓް ބިލުން 10 ޕަސެންޓްގެ ޑިސްކައުންޓް އެއް ދޭނެ ކަމަށެވެ.
ރައްޔިތުންނަށް އޮޅުވާލަން ސްޓެލްކޯއިން އެއްވެސް ކަމެއް ނުކުރާނަން: ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ