މިފްކޯގެ ފުރަތަމަ ބޭރު ސީއީއޯ 3 މަސް ފަހުން މަގާމުން ވަކިކޮށްފި

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށްހަމަޖެއްސި ފުރަތަމަ ބޭރު ސީއީއޯ، ޑރ. ވިޓާލީ ލިއުބިމޮވް މަގާމުން ވަކިކޮށްފި އެވެ. 
އެނގުން މުހިންމު - އޭނާ މަގާމުން ވަކިކޮށްފައި މިވަނީ ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސް ފަހުންނެވެ. އޭނާ މަގާމަށް އައްޔަން ކުރީ 9 ޑިސެމްބަރު 2024ގަ އެވެ.
ވީ ކިހިނެއް؟ - ޕީސީބީން މިއަދު އެކްސްގައި އިއުލާންކުރި ގޮތުގައި މިއަދުން ފެށިގެން ވިޓާލީ ވަނީ ސީއީއޯގެ މަގާމުން ވަކިކޮށްފި އެވެ. އެ ނިންމުން ކުއްލި ގޮތަކަށް އައި ސަބަބެއް ސާފެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ