ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮންމެ އަހަރެއްގެ ވެސް ރޯދަމަހަށް ސައުދީއިން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެ އެވެ. އެގޮތުން މިއަހަރު ސައުދީ ސަރުކާރުން ރާއްޖެއަށް ފުރަތަމަ ދިނީ 50 ޓަނުގެ ކަދުރެވެ.
އިތުރު 10 ޓަނުގެ ކަދުރު ދިނުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ރަސްމިއްޔާތެއް ބޭއްވި އެވެ. އެއާ އެކު، ރާއްޖެއަށް ޖުމުލަ 60 ޓަނުގެ ކަދުރު މި އަހަރު ސައުދީން ހަދިޔާކުރީ އެވެ.
ތަފްސީލް - އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސައުދީން ހަދިޔާކުރި ކަދުރާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނެވި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި ކަރުދު ހަދިޔާ ކުރީ ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދަޢުވާ އެންޑް ގައިޑެންސްއިން ކަމަށް މިނިސްޓްރީން ބުުންޏެވެ.
ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ