އާރްޓީއެލްގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް ބުނެ ސްކޭމެއް ހިންގަނީ! އޭއޯ ރޯދައިގެ ބަދިގެ: ނާން ބްރެޑް މޯލްޑިވިއަންގެ ވައިޑްބޮޑީގެ ދަތުރުތަކެއް ކޮޗިންއާއި ޓްރިވަންޑްރަމަށް ރޯދަމަހު ވެސް ފެނާއި ކަރަންޓް ބިލުން ޑިސްކައުންޓް ދެނީ މަގުބޫލު ލިޔުންތައް ގއ. އަތޮޅު

ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓުއަރިޒަމް ހިންގާ ރަށްރަށުގައި ގެސްޓުންނަށް ކާންދެއްވުމުގައި ހެދިފައިވާ އާންމު ގަވައިދުތަކާ އެއް ގޮތަށް އަމަލުކުރުމަށް މިނިސްޓަރު އާދަމް ޝަރީފް އިލްތިމާސްކޮށްފިއެވެ.
ލޯކަލް ޓުއަރިޒަމާއި، ލޯކަލް ގެސްޓް ހައުސް ހިންގާ ރަށްރަށުގައި، ރަމަޟާން މަހު ޓޫރިސްޓުންނަށް ކާންދިނުމަށް ސަރުކާރުން އެކަށައަޅައިފައިވާ އުޞޫލުތަކާއި، މިންގަނޑުތަކާ ޚިލާފު ނުވާ ގޮތަށް، އެ ރަށެއްގައި ދިރިއުޅުއްވާ އާންމު ރައްޔިތުންނަށް ނުފެންނާނެ ގޮތަކަށް ޚިދުމަތް ދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރު ވަނި އެދިވަޑައިގެންފައެވެ.
ރަށު ފަތުރުވެރިކަން މުޅި ރާއްޖެއަށް އާންމުވެފައިވާ އިރު، ސަރުކާރުން އެކުލަވައިލައިފައިވާ އުސޫލުތަކާ އެއް ގޮތަށް ގެސްޓުންނަށް ފޯރުކޮށްދެއްވަމުން އަންނަ ހިދުމަތްތައް ދިނުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި ސިޓީތަކާއި އިދާރީ ދާއިރަތަކާއި ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ. އަދި ހައްސަކޮށް ރޯދަ މަހު، މި ފަދަ ޗަކުވާތައް މަދުން ނަމަވެސް ފެންމަތިވުމަކީ އެ ރަށްރަށުގައި ދިރިއުޅުއްވާ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވާ ކަމެއް ކަމުގައި މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ