ބާސެލޯނާ (މާޗް 2) - ސްޕެނިޝް ލީގުގައި މިރޭ ރެއާލް ސޮސިއެޑާޑް އަތުން 4-0 އިން ބޮޑު މޮޅެއް ހޯދައި ބާސެލޯނާ އިން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގައި ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުން 1-2 އިން ރެއާލް ބެޓިސް އަތުން ބަލިވިއިރު، އެތުލެޓިކޯ މެޑްރިޑުން 1-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށް އެއް ވަނަ އަށް ޖެހިލި އެވެ. ބާސެލޯނާ އިން މިރޭގެ މޮޅާ އެކު އެއް ވަނަ އަށް އެރީ، 26 މެޗުން 57 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް ވަނީ 26 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރެއާލަށް ވަނީ 26 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ.
ބާސެލޯނާ ދަނޑުގައި ކުޅުނު މި މެޗުގައި ސޮސިއެޑާޑުން ބޮޑުބައި ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ 17 ވަނަ މިނިޓްގައި ސޮސިއެޑާޑްގެ ޑިފެންޑަރު، އަރިޓްޒް އެލުސްޓޮންޑޯ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މިއީ، ބާސެލޯނާގެ ޑެނީ އޮލްމޯ ހުސްކޮށް އަރައި ކުރަން އުޅުނު އެޓޭކެއް ހުއްޓުވަން ފައުލުކުރުމުން އެލުސްޓޮންޑޯ އަށް ދެއްކި ރަތް ކާޑެކެވެ.
އޭގެ ފަހުން، ބާސެލޯނާ އިން ވަނީ ހަތަރު މިނިޓް ތެރޭ އޮލްމޯގެ އެހީތެރިކަމާ އެކު ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، މެޗުގެ 25 ވަނަ މިނިޓްގައި ޖެރާޑް މާޓިން ޖެހި ގޯލަށް ފުުރުސަތު ހޯދައިދިން އޮލްމޯ ވަނީ 29 ވަނަ މިނިޓްގައި، މާކް ކަސާޑޯގެ ގޯލަށް ވެސް މަގުފަހިކޮށްދީފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިތާ މާގިނައިރެއްނުވެ، ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ރޮނާލްޑް އަރައުހޯ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި ރަފީނިއާ ނެގި ކޯނަރަކުން އަރައުހޯ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، އަރައުހޯގެ އެޓޭކެއްގައި، ރޮބަޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.
ސޮސިއެޑާޑް އަތުން ބޮޑު މޮޅެއް ހޯދައި ބާސެލޯނާ ލީގުގެ އެއް ވަނަ އަށް ސޮސިއެޑާޑް އަތުން ބޮޑު މޮޅެއް ހޯދައި ބާސެލޯނާ ލީގުގެ އެއް ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ