ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ދިވެހިރާއްޖެއަށް ގެންނަ ތަރައްގީއަށް ހަސަދަވެރިވާ ބަޔަކު ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިކުރުވާ، ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އެ ހުރިހައި ކަމެއް ވާނީ ނާކާމިޔާބު ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަހުމަދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ އުންމީދީ ބަޖެޓެއް ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އަތޮޅުތަކުގެ ތަރައްގީއަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާކަން އަހުމަދު ފާހަގަ ކުރެއްވިއެވެ.
އަހުމަދު ވިދާޅުވީ ރާއްޖެ ތަރައްގީކޮށް ކުރިއެރުވޭނީ އަތޮޅުތައް ތަރައްގީކޮށްގެން ކަމަށާއި ރާއްޖޭގެ ތަރައްގީގެ ބަހާ އަކީ އަތޮޅުތަކުގެ ތަރައްގީކަން އަހުމަދު ފާހަގަ ކުރެއްވިއެވެ. އަހުމަދު ވިދާޅުވި ގޮތުގައި ރައީސް ސާލިޙްގެ ވެރިކަމަުގެ ފުރަތަމަ ދައުރު ނިމިގެންދާއިރު ރާއްޖޭގައި ފެނާ ނަރުދަމާ ގާއިމް ނުކުރެވިވާ އެއްވެސް ރަށެއް ނޮއޮންނާނެއެވެ. އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގައި ފެނާ ނަރުދަމާ ގާއިމްކޮށް ދިނުމުގެ ވަޢުދު އެއްވެސް މީހަކު ވާން ނުޖެހޭނެ ކަމަށް އަހުމަދު ވިދާޅުވިއެވެ.
މީގެއިތުރުން އަހުމަދު ވިދާޅުވީ ހަގީގީ ތަރައްގީއަކީ ސިޔާސަތަށް ގެންނަ ބަދަލާއިއެކު އޭގެ ފައިދާ ރައްޔިތުންގެ ޖީބާ ކުރާނެ ތަރައްގީ ކަމަށާއި މިސަރުކާރުން ތަރައްގީ ކުރަމުންދާ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމްގެ ސަބަބުން ރާއްޖޭގެ އެތައް ރައްޔިތެއްގެ ޖީބަށް ބޮޑުތަނުން ލުއިވެފައިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރީ ސަރުކާރުތަކުން ރާއްޖޭގައި ދަތުރުފަތުގެ ހިދުމަތް ދިނުމަށް އެކި ފަރާތްތަކާއި ހަވާލު ކުރީ ކޮންމެވެސް ރަށެއް ނުވަތަ ފަޅު ރަށެއް ދީގެން ކަމަށާއި ނަމަވެސް މި ސަރުކާރުން ދަތުރުފަތުރުގެ ދާއިރާ ތަރައްގީކޮށް ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް އެއްވެސް މީހަކަށް ނުވަތަ ބަޔަކަސް އެންމެ ފަޅުރަށެއް ވެސް ދީފައި ނުވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްގީއަކީ މީގެކުރިން ދުވަހަކުވެސް ރާއްޖެއަސް ގެނެސްދީފައި ނުވާފަދަ ތަރައްގީއެއް ކަމަށެވެ. އެގޮތުން މި ސަރުކާރުގައި ތަރައްގީގެ މަޝްރޫއެއް ނުހިނގާ އެއްވެސް ރަށެއް ނެތް ކަމަށް އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގައި ސުލްހައާއި އަމާންކަން ގާއިމްކޮށްފި ކަމަށާއި މިއަދު ދިވެހިންނަށް ރޭގަނޑުގެ ހަމަ ނިދި ނިދާލެވެނީ މިސަރުކާރުން ގާއިމްކޮށްދިން އަމާންކަމުގެ ސަބަބުން ކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުގެ ހަމައެކަނި އަމާޒަކީ ރާއްޖެ ތަރައްގީކޮށް ރައްޔިތުންނަށް ކުރިއެރުން ހޯދައިދިނުން ކަމަށާއި އެކަން ކާމިޔާބުވާނެ ކަމަށް އަހުމަދު ވިދާޅުވިއެވެ.
ވާދަވެރިން ތަރައްގީއަށް ގޮންޖެހުންތައް ކުރިމަތި ކުރުވާނެ، އެކަންތައް ވާނީ ނާކާމިޔާބު: އަހުމަދު އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ