ވިލިމާލޭގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ވިލިމާލެ ކަނދޮޅުމާގޯޅީގައި މި މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ 15:12 އެހައިކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވި ހަތަރު މީހަކަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި މާރާމާރީގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 18 އަހަރު، 22 އަހަރު، 27 އަހަރު އަދި 31 އަހަރުގެ ދިވެހި ފިރިހެނުންނެވެ. މީހުންނަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅުވާލެވޭނެ ކަމަށް ލަފާކުރެވޭ: މިނިސްޓްރީ ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލް އަޅަނީ ޗައިނާގެ އެހީގައި: ރައީސް ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ފެނިއްޖެ ވިލިމާލެއިން އަންހެނަކު ގެއ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ