ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ނިކަމެތިވެފައިވާ އާއިލާތަކަށް ފީފާ ވޯލްޑް ކަޕްގެ މެޗުތައް ބޮޑު ސްކްރީނުން ބަލާނެ އިންތިޒާމް ހަމަޖައްސައިދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މަޝްހޫރު އެއިޑް ވޯކަރު މުހައްމަދު އަލް ވަހީދީ، އިސްރާއީލުގެ ރަހުމްކުޑަ ހަމަލާއެއްގައި ޝަހީދުކޮށްލައިފިއެވެ.
އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ މެޗުތައް ޣައްޒާގެ ދީރް އަލް ބާލަ އާއި އަލް މަސާވީ ސަރަހައްދުގައި ބޮޑު ސްކްރީން ބަހައްޓައިގެން އާންމުންނަށް ވަގުތުން ދައްކައިދިނުމުން، ފާއިތުވި ހަފްތާތަކުގައި ސޯޝަލް މީޑިއާގައި އޭނާ އަށް ބައިނަލްއަގުވާމީ ގޮތުން ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައަށް އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ޙަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 73،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
ޣައްޒާގެ ރައްޔިތުންނަށް ވޯލްޑް ކަޕް ބަލާނެ އިންތިޒާމް ހަމަޖައްސައިދިން ވަހީދީ، ޝަހީދުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ