އައްޑޫގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި ޗެކު ކުރަނީ އައްޑޫގައި ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި އޭއީއެޗްގެ ޕޭޝަންޓް ސޭފްޓީ ކޮމިޓީއާއި ޕޭޝަންޓް ސޭފްޓީ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙުކޮށްފި އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލު ގެ އިހުމ

މީގެ ތިން އަހަރު ކުރިން ހުޅުދޫމީދޫ ސިއްހީ މަރުކަޒު ގައި އަލަށް ފެށި ހާއްސަ ފަރުވާތައް ހުއްޓުމަކަށް އަންނަ ކަމުގެ ކަންބޮޑުވުންތައް އެ ދެ ރަށުގެ ރައްޔިތުން ފާޅުކުރަން ފަށައިފިއެވެ.
އާންމު ބަލީގެ ޑޮކްޓަރުންގެ ހިދުމަތް ތައް ލިބެމުން އައި މަރުކަޒުން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ވިޒިޓިން ޑޮކްޓަރުންނާއެކު ހާއްސަބަލީގެ ހިދުމަތްތައް ލިބެމުން އައުމުން ދެރަށުގެ ރައްޔިތުންނަށް ބޮޑުފަސޭހައެއް ލިބުނެވެ. ހުޅުދޫ މީދޫގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. މީގެ ކުރިން އެކްސްރޭ، ދަތުގެފަރުވާ، ސްކޭން، ޑައިލަސިސް ގެ ހިދުމަތާއެކު ހުރިހާ ބަލިތަކަށް ކޮންމެ ހަފްތާއަކު އެއް ފަހަރު ރަށުން ފަރުވާ ލިބެމުން ދިޔަ ނަމަވެސް އެކަން މަޑަމަޑުން ބަދަލުވަމުން ދާ ކަމުގެ ނިޝާންތައް އަންނަނީ ފެންނަމުންނެވެ.
‘އެއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން އެކްސްރޭ މެޝިން ހަލާކުވެފައިވާތާ 4 މަސްވެއްޖެއެވެ. އެކްސްރޭ ނެގުމަށް އެތައް ބަޔަކު ކިއުގަ ތިއްބި އިރު އެކްސްރޭ މެޝިންގެ މައްސަލަ ހައްލު ނުވުމުން މަރުކަޒުން ދިޔައީ ކޮންމެ 6 ޕޭޝެންޓުން ހަމަކޮށް ސީއެމްބިއުލާންސުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ހިދުމަތުން ނިމުމުން އަނބުރާ ރަށަށް ގެނައުމުގެ އިންތިޒާމުވެސް ކުރިއަށް ގެންދަމުންނެވެ. މިފަދަ ދަތިހާލުގައި އެކްސްރޭގެ ހިދުމަތް ކުރިއަށް ގެންދަނިކޮށް ދަތުގެފަރުވާ އާއި ލޮލުގެ ފަރުވާ އަދި އެހެން އިތުރު ކޮންސަލްޓޭޝަން ރޫމެއްގެ އޭސީތައް ހަލާކުވެފައި ވުމުގެ ސަބަބުން ޑޮަކްޓަރުން ވަނީ މަރުކަޒަށް ބަލި މީހުން ބަލަން އައުން ހުއްޓާލާފައެވެ.
މަރުކަޒުގެ ވީކްލީ ޝެޑިއުލް އަށް ބަލައި ލިޔަސް ކުރިން އަންނަ ވަރަށް ޑޮކްޓަރުން ނާންނަކަން ފާހަނގަ ކުރެވޭނެއެވެ.
މަރުކަޒު ހިންގަން ހަވާލުވެގެން ހުންނެވި އިސްފަރާތުން ކަމާއިބެހޭ އިދާރާތަކަށް މި މައްސަލަތައް ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް އައި އިރު މިއިން އެއްވެސް މައްސަލައެއް ހައްލު ކުރެވިފައި ނުވެއެވެ. ހުޅުދޫ އަދި މީދޫ އަކީ ވަކިން އޮންނަ ދެރަށް ކަމަށްވާއިރު މިދެރަށުގެ ސިއްހީހާލަތު މިހާ ދަށްކޮށް އޮތުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް އެ ދެ ރަށުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.
މީގެ ތިން އަހަރުކުރިން އެމްޑީޕީ ސަރުކާރުން ނައިބްރައިސް ފައިސަލް ނަސީމް އާހިދުމަތްތައް ތައާރަފްކޮށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ސިއްހީ ހިދުމަތްތައް ފުޅާކުރުންކަމަށެވެ. އެގޮތުން މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ހިންގުމަށް މަސައްކަތް ފައްޓުވައި އިކުއެޓޯރިއަލް ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމަށް ރޭވި ހިނގަމުން ދާކަމަށް ވިދާޅުވިއެވެ. ކުރީގެ ވެރިކަން ނިމި އާސަރުކާރު އައުމަށްފަހު ސިއްހީ މަރުކަޒަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ނުވެ، ފެނިގެން ދަނީ ދުވަހުން ދުވަހަށް ހިދުމަތްތައް މަޑުޖެހެމުން އަންނަތަނެވެ.
ހުޅުދޫމީދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ހައްދަވާނެ ކަމަށް މީގެ އަހަރުތަކެއް ކުރިން އޭރުގެ މެމްބަރު އިލްޔާސް ލަބީބް ވެސް ވިދާޅުވިއެވެ. އޭގެފަހުން އެމްޑީޕީވެރިކަމިގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަރުކަޒުން ސްޕެޝަލިސްޓުންގެ ހިދުމަތް ލިބޭނޭގޮތް ހައްދަވައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ދަށުން މަރުކަޒު ހިންގޭނެގޮތް ހައްދަވައި ދެއްވާފައެވެ. މިހާރުގެ ސަރުކާރުން ވެސްވަނީ ސިއްޙީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އަދި ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުދޫ މީދޫ އަށް ވަޑައިގެންނެވި ދަތުރުގައި ހުޅުދޫ މީދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލް ކުރުމަށް 4 ބުރީގެ އިމާރާތެއް އެޅުމަށް އެއްބަސްވުމެއްގައި ސޮއިކުރުއްވާފައި ވެއެވެ.
ކޮންމެ ވެރިކަމެއްގައި ސިއްހީ ހިދުމަތް ދޭތަންތަނުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށްބުނެ ވާހަކަ ދައްކާއިރު މިތަންތަނަށް ދިމާވާ މިފަދަ ކުޑ މައްސަލަތައް ހައްލުނުވުމުގެ ޝަކުވާތައް ބޮޑެވެ. ނަމަވެސް ބޮޑު ހޮސްޕިޓަލެއްގެ ދަށުން ހިންގަމުން އަންނަ މަރުކަޒެއްގައި މިވަރު އާދައިގެ ކަންތައްތައް ހައްލު ނުވެ ދުވަސް ވެގެން ދިޔުމަކީ ސިއްޙީ ދާއިރާގެ ކަންކަން އެއްވެސް ސަރުކާރަކުން ބަލަންޖެހޭވަރަށް ނުބެލި އޮތް ކަމުގެ ބޮޑު ހެއްކެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ބޮޑު އިމާރާތެއް އެޅި ނަމަވެސް ހިދުމަތް ނުލިބުމުން އެކަމުގެ ފައިދާ ރައްޔިތުންނަށް ނުކުރާނެކަން ޔަގީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ