ފިންޓެކާއެކު މުޅި ރާއްޖެއަށް އިގްތިސާދީ ގޮތުން ކުރިއެރުންތައް ލިބޭނެ: ނިޔާޒް ފިންޓެކާއެކު މުޅި ރާއްޖެއަށް އިގްތިސާދީ ގޮތުން ކުރިއެރުންތައް ލިބޭނެ: ނިޔާޒް

ފިންޓެކާއެކު މުޅި ރާއްޖެއަށް އިގްތިސާދީ ގޮތުން ކުރިއެރުންތައް ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ރީތިންކިން އިކޮނޮމިކް ގްރޯތު ބިޔޯންޑް ޓޫރިޒަމް" ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ނިޔާޒް ވިދާޅުވީ ޑިޖިޓަލް ފައިނޭންސް އަކީ ރާއްޖެ ފަދަ ގައުމެއްގައި ހަމަހަމަ ފުރުސަތުތަކެއް ގާއިމް ކުރުމަން ބެނުން ކުރެވޭ އެންމެ މުހިންމު އެއް ވަސީލަތް ކަމަށެވެ.
ނިޔާޒް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އެމް-ފައިސާ އާއި ޕޭޕާލް އިންޓަގްރޭޓް ކުރެވިގެން ދިޔުމުން ކޮންމެ ރަށެއްގެ ފްރީލާންސަރުންނާއި ފަންނުވެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ މާކެޓްތަކާއި އާމްދަނީ ހޯދުމާއި އާ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި އުމްރާނީ ތަރައްގީގެ ހަރަދު ބޮޑުވުމާއި، ޑިޖިޓަލް ހުނަރުންނަށް ހުރި ފަރަގުތަކާއި، ޑިޖިޓަލް ނިޒާމުތައް ބައިބައިވުން ފަދަ ގޮންޖެހުންތަކަށް ޙައްލެއް ހޯދަންޖެހޭ ކަމަށް އެނާ ވިދާޅުވިއެވެ.
""މިއީ އެއްވެސް ފަރާތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން. ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އީޖާދީ ފުރުސަތުތައް ފޯރުކޮށްދިނުމަށް ޕްރައިވެޓް ސެކްޓާއާ އެކު ހަރުދަނާ ޕާޓްނާޝިޕެއް ގާއިމް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" އޭނާ ވިދާޅުވި އެވެ.
ޑިޖިޓަލް މޯލްޑިވްސްއެއް ބައްޓަން ކުރާނީ ހަމައެކަނި ޓެކްނޮލޮޖީއެއް ނޫންކަން ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ ކަންކަން ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކޮންމެ ދިވެއްސަކަށްވެސް ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެހީވެދެވޭނެ ކަމަށެވެ.
ރާއްޖެފަދަ އުފެދިފައިވާ ގޮތުން ފެތުރިފައިވާ ގައުމުތަކުގައި ޑިޖިޓަލް ފައިނޭންސް އަކީ އެންމެ ބާރުގަދަ އެއް ވަސީލަތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމް-ފައިސާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދީ، މުޅި ރާއްޖެ ކަނެކްޓިވިޓީ ފުޅާކޮށް، ފައިނޭންޝަލް އިންކްލޫޝަން ޕްރޮމޯޓް ކުރުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރާކަން ނިޔާޒް ފާހަގަކުރައްވާފައެވެ.
އަންނަ އަހަރު އެމްފައިސާ އާއި ޕޭޕާލް އިންޓަގްރޭޓް ކުރެވިގެން ދިއުމުން ދިވެހިންނަށް ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ