އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލާ ކުންފުނިން ރާައްޖޭގައި މުޅިން އަލަށް ލަގްޒަރީ ރިސޯޓެއް އެޅުމަށް ނިންމައިފިއެވެ.
އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސް ގެ ނަމުގައި މި ރިސޯޓު އެޅުމަށް ހަމަޖެހިފައިވަނީ ޑޮނަލްޑް ޓްރަމްޕްގެ އާއިލާ ކުންފުނި 'ޓްރަމްޕް އޯގަނިޒޭޝަން' އާއި ދުބާއީގެ ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރެއް ކަމަށްވާ 'ޑާ ގްލޯބަލް' އާއި އެކު ޕާޓްނަޝިޕް ހަދައިގެންނެވެ.
މި ރިސޯޓުގައި 80 ވަރަކަށް ބީޗް އަދި އޯވާ ވޯޓާ ވިލާ ހުންނާނެއެވެ. އަދި މި ޕްރޮޕަޓީ ހުންނާނީ މާލެއިން ފުރައިގެން ލޯންޗްގައި 25 މިނެޓުން ދެވޭހާ ކައިރިގައެވެ. މި ރިސޯޓު ވަނީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން ހުޅުވުމަށް ހަމަޖެހިފައެވެ.
މި ދެ ކުންފުނިން ވެސް މި މަޝްރޫއު ތައާރަފު ކުރަނީ ދުނިޔޭގެ ފުރަތަމަ "ޓޯކަނައިޒްޑް" ހޮޓެލް ޑިވެލޮޕްމެންޓް ޕްރޮޖެކްޓެއްގެ ގޮތުގައެވެ.
މި ދެ ކުންފުނިން ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު މަޝްރޫއުތަސް ހިންގަމުންދެއެވެ. އޭގެ ތެރޭގައި ސައޫދީ އަރަބިއްޔާގެ ޓްރަމްޕް ޓަވަރު ޖިއްދާ، ޓްރަމްޕް ޕްލާޒާ ޖިއްދާ، ޓްރަމްޕް އިންޓަނޭޝަނަލް އޮމާން ލަގްޒަރީ ރިސޯޓް، ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް އެންޑް ޓަވަރު ދުބާއީ ހޮޓެލް އެންޑް ރެސިޑެންސް އަދި ގަތަރުގެ ޓްރަމްޕް އިންޓަނޭޝަނަލް ގޮލްފް ކްލަބް ދޯހާ ހިމެނެއެވެ.
ޓްރަމްޕްގެ އާއިލާއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓެއް ތަރައްޤީކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ