“އައި.ވީ.އެފް” ގެ ފަރުވާތައް “ފަރޓިލިޓީ ކެއަރ ފަންޑް” މެދުވެރިކޮށް ފޯރުކޮށްދިނުމަށް ހުޅުވާލަނީ ކޮންސަލްޓޭޝަން ރޫމުތަކުގެ އޭސީ ހަލާކުވެ، ހުޅުދޫމީދޫ ސިއްހީ މަރުކަޒަށް، ސްޕެޝަލިސްޓުން އައުން ހުއްޓުމަކަށް! ގޫގްލްއިން، އައްޑޫ ސިޓީ ހިތަދޫގައި ބައިނަލްއަގްވާމީ ސ

ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ދެއްކޭނެ ގޮތަކަށް ކަންކަން ރޭވުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ އަންނަ އަހަރުގެ ބަޖެޓް ބަހުސްގެ ތެރެއިން ޖަވާބުދާރީވުމަށް މިނިސްޓަރު ވިދާޅުވީ ބަޖެޓްގެ މަޝްވަރާތަކުގެ އެކި މަރުހަލާތަކުގައި އިގުތިސާދީ ގޮތުން ރާއްޖެ ކުރިއަރާނެ މިންވަރާ މެދު އޮތް ކަންބޮޑުވުންތަކެއް ހިމެނޭ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދިގުމުއްދަަކަށް ދަރަނި ނެގުމަށް ހުރި ގޮންޖެހުންތައްވެސް ފާހަގަކުރެއްވޭ ކަމަށާއި، އޭގެ އެންމެބޮޮޑު ސަބަބަކީ ކުރިން ނަގާފައިވާ ދަރަނިތައް ދައްކާނެ ގޮތުގެ މާބޮޑު ޕްލޭން އެއް ނެތުން ކަމަށެވެ.
އެހެންކަމުން ސަރުކާރުން އަމާޒު ހިފާފައިވަނީ ދަރަނިތައް މެނޭޖުކުރެވޭނެ ޕްލޭނަކަށްދާއިރު، މިހާރު ހުރި ބޮޑެތި ދަރަނިތައް ދެއްކުމަށް ކުރިިއަށްއޮތްތަނުގައި ލިބޭ އާއްމުދަނީ ރައްކާކޮށް އެއިން މެނޭޖުކުރަމުންދިއުން ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ، ސަރުކާރުން ދަރަންޏެއް ނަގާނަމަ އެ އަނބުރާ ދައްކާނެ ރަނގަޅު ޕްލޭނެއް ގެންގުޅޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ