ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ނިޒާމު މުޅި ރާއްޖޭގައި ގާއިމުކުރަން ފެށި މަޝްރުއު ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި ތާރީހު ރޭ ބަދަލުކުރައްވައިފި އެވެ.
ސަރުކާރަށް ދެ އަހަރު ފުރިގެން ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އާރްޓީއެލްގެ ހިދުމަތް ގާއިމުވެފައި ނުވާ ހުރިހާ އަތޮޅަކަށް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ގާއިމުކުރާނެ ކަމަށެވެ.
"މި އަހަރުގެ ނިޔަލަށް ނިންމައެއް ނުލެވޭ. އެހެންނަމަވެސް މާޗު މަހުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ، މި އަންނަ މާޗު މަހުގެ ނިޔަލަށް އާރްޓީއެލް ހިދުމަތް ގާއިމުނުވާ ހުރިހާ އަތޮޅެއްގައި ގާއިމުކޮށް ނިންމާނަން އިރާދަކުރެއްވިއްޔާ،" މުއިއްޒު ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހު ރިޔާސީ ބަޔާން އިއްވަމުން މުއިއްޒު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ފެރީ ހިދުމަތް ދޭން ފަށާނެ ކަމަށެވެ. ނަމަވެސް އާރްޓީއެލް ފެރީ ގާއިމުކުރުމުގެ މަޝްރޫއު ނިމޭނީ އަންނަ އަހަރުގެ މާޗަށް ކަމަށް މުއިއްޒު މިވަނީ ވިދާޅުވެފަ އެވެ.
މުއިއްޒު ކުރިން ވިދާޅުވި ގޮތަށް މި އަހަރުގެ ނިޔަލަށް އާރްޓީއެލްގެ ހިދުމަތް ހުރިހާ ރަށެއްގައި ގާއިމުނުވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
ވައުދުވި ގޮތަށް ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީގެ ނިޒާމު ގާއިމުކުރާނެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ހަތަރު އަތޮޅެއްގައި އާރްޓީއެލް ފެރީގެ ނިޒާމު ގާއިމުކޮށްފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ދަތުރުފަތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުފަތުރު ކުރުމަށް ފަސޭހަގޮތްތަކެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
ކޮންމެ ރަށަކުން 20-30 މިނެޓުން ދެވޭނެ އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރާއްޖޭގެ މައި ދެ ސިޔާސީ ފިކުރުން ވެސް ވެރިކަމަށް އައުމަށް ވީ ވައުދެކެވެ. އެމްޑީޕީ ސަރުކާރުން ވެސް ގިނަ އެއާޕޯޓުތަކެއް ތަރައްގީ ކުރަން ފެށިއިރު މި ސަރުކާރުން ވެސް އެ ސިޔާސަތު ބަދަލުކުރުމެއް ނެތި އަންނަނީ ތަންފީޒު ކުރަމުންނެވެ.
ވައުދުވި ގޮތަށް މި އަހަރުގެ ނިޔަލަށް އާރުޓީއެލް މަޝްރޫއު ފުރިހަމަ ނުކުރެވުނު، އާ ތާރީހަކީ އަންނަ މާޗު މަސް ވައުދުވި ގޮތަށް މި އަހަރުގެ ނިޔަލަށް އާރުޓީއެލް މަޝްރޫއު ފުރިހަމަ ނުކުރެވުނު، އާ ތާރީހަކީ އަންނަ މާޗު މަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ