ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި "ސާފް ފުޓްސަލް ޗެމްޕިއަންޝިޕް"ގެ ނަމުގައި ބާއްވާ މުބާރާތް ލީގު ފޯމެޓަށް ކުރިއަށްގެންދަން ނިންމައި، މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ.
ސާފުން އަންހެން އަދި ފިރިހެން ޓީމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ތާވަލުކޮށްފައިވަނީ، ޖެނުއަރީ މަހުގެ 13-26 އަށް ތައިލެންޑުގައި ކުރިއަށްގެންދާ ގޮތަށެވެ. މިއީ، ސާފް އިން މި ސަރަހައްދުގެ ގައުމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި، ސާފްގެ ހުރިހާ ގައުމެއް އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ވާދަކުރާނެ އެވެ.
ބަންގްލަދޭޝްގައި މިއަދު ކުރިއަށްދިޔަ ގުރުއަތުލުމުގައި ހާމަކޮށްފައިވާ ގޮތުން، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ލީގު ފޯމެޓަށް އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ. އަދި، މުބާރާތުގެ ގުރުއަތުލުމުގައި މިއަދު އޮތީ ޓީމުތައް ސީޑްކުރުމެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ޕޮޓް ސީޑިން އެތުރިފައިވާ ގޮތަށް ބަލާއިރު، ތަރުތީބަކީ، ނޭޕާލް، ބޫޓާން، ބަންގްލަދޭޝް، ރާއްޖެ، ޕާކިސްތާން، އިންޑިއާ އަދި ސްރީ ލަންކާ އެވެ. އަންހެން ޑިިވިޝަނުގެ ޕޮޓް ސީޑިން އެތުރިފައިވަނީ، ބަންގްލަދޭޝް، ރާއްޖެ، ޕާކިސްތާން، ސްރީ ލަންކާ، ނޭޕާލް، ބޫޓާން އަދި އިންޑިއާ އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ކޮންމެ ޑިވިޝަނެއްގައި ވެސް 21 މެޗު ކުޅޭނެ އެވެ.
މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު، ފީފާ އިން ނެރުނު ފުޓްސަލް ރޭންކިންގައި ރާއްޖެ އޮތީ، ދުނިޔޭގެ 106 ވަނައިގަ އެވެ. މިއީ، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ބަލާނަމަ އެއް ވަނަ އެވެ. ނޭޕާލް، ދުނިޔޭގެ 118 ވަނައިގައި އޮތްއިރު، އިންޑިއާ އޮތީ 135 ވަަނައިގަ އެވެ. ބަންގްލަދޭޝް، ސްރީ ލަންކާ، ޕާކިސްތާން އަދި ބޫޓާން އަދި ފުޓްސަލްގައި ރޭންކް ކުރެވިފައިނުވެ އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކުޅެނީ ލީގު ފޯމެޓަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކުޅެނީ ލީގު ފޯމެޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ