އުރީދޫގެ އޭއައި ޗެޓްބޮޓުން ދޮން ހިޔަލައާ ވާހަކަދައްކާލެވޭނެ

މި މަހު އުރީދޫ މޯލްޑިވްސްގެ ކަލަންޑަރު އަދި އޭއައި ޗެޓްބޮޓުން ބައްދަލުކުރާނީ ދޮން ހިޔަލަ އެވެ. އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރު އެކުލަވާލާފައިވަނީ ދިވެހި ހިޔާލީ ވާހަކަތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. އޭއައި މެދުވެރިކޮށް މި ޝަހުސިއަޔްތުތަކާ ވާހަކަދެކެވޭ ގޮތް ވަނީ ފަހިކޮށްދީފަ އެވެ.
އާދަޔާ ހިލާފު ރީތިކަމެއް ލިބިފައިވާ ފަތްމިނި ދޮން ހިޔާލަ އޭނާގެ މައިންބަފައިން ގެންގުޅުނީ އެ މީހުންގެ ރަށް، ތ. ބުރުނީގައި ފޮރުވައިގެންނެވެ. ނަމަވެސް، ދ. ހުޅުދެލީގެ ހިތްވަރުގަދަ ޒުވާނެއް ކަމަށްވާ އަލިފުޅު އޭނާ ދެކެ ވަރަށް ލޯބިވެ އެވެ. ހުރިހާ ގޮންޖެހުމަކާ އެކު އެ ދެ މީހުން ކައިވެނި ކުރެ އެވެ. ނަމަވެސް އެ މީހުންގެ އުފާވެރިކަމާއި ލޯބި ފެނިފައި ރަސްގެފާނު ހަސަދަވެރިވި އެވެ. އަދި ދޮން ހިޔަލަ އާއި އަލިފުޅުގެ ލޯތްބާއި މިނިވަންކަމަށް ބޮޑު އިމްތިހާނެއް ކުރިމަތިވި އެވެ.
ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ 'ފޫޅުދިގު ހަންޑި' އާއި 'ސަފަރު ކަތްދަ' ފަދަ 12 ކެރެކްޓަރު މި ކަލަންޑަރުގައި ހިމެނެ އެވެ. މި ވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބައެކެވެ.
މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫނެވެ. މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެކެވެ. އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި ޝަހްސިއްޔަތުތަކާ ވާހަކަދައްކާލެވޭނެ އެވެ. ކޮންމެ ޝަހްސިއްޔަތުތަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބުދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީ ވެސް ނުކުރާ ފަދަ ގޮތަކަށް ހިޔާލީ ވާހަކަ ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ކޮންމެ މަހަކު ވެސް އުރީދޫ ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވާނެ އެވެ.
މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުންދަމަހައްޓައި 'ޑިޖިޓަލް މޯލްޑިވްސް'އެއް ބިނާކުރުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ބޮޅެކެވެ.
އުރީދޫގެ އޭއައި ޗެޓްބޮޓް މެދުވެރިކޮށް ދޮން ހިޔަލައާ ވާހަކަދައްކާލުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ