ރައީސް މުހައްމަދު މުއިއްޒުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކަތަކުން ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާ ކަމަށް ކަނޑައަޅައި އެ ވާހަކަތަކަށް އެމްޑީޕީންނާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ޒިންމާވާންޖެހޭނެ ކަމަށާއި ބަދަލު ހޯދަން ހުށަހެޅޭނެ ކަމަށް މިއަދު ފެމިލީ ކޯޓުން ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ، ރައީސްގެ ދަރިކަލުން އުމައިރުގެ ސަބަބުން ކަމަށް ބުނެ އެމްޑީޕީ މުޒާހަރާއެއްގެ ތެރޭގައި ދެއްކި ވާހަކަތަކަކާއި ގުޅިގެން މަދަނީ ދައުވާތަކެއްގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަރުމުގެ ގާނޫނުގެ ދަށުން ފެމިލީ ކޯޓަށް ވެސް މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.
ސިވިލް ކޯޓަށް ހުށަހެޅި މަދަނީ ދައުވާގައި އެ ކޯޓުން ވެސް ނިންމާފައި އޮތީ މަރިޔަމް ޒުބައިރުގެ ތުހުމަތުތަކުން، އުމެއިރުގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގަނެފައިވާކަން ސާބިތުވާތީ އޭނާގެ ކިބައިން ބަދަލު ހޯދުމަށް ދައުވާކުރެވިދާނެ ކަމަށެވެ. އެކަމަކު އެކަމުގެ ޒިންމާ މަތިކޮށް، ފައްޔާޒާއި އެމްޑީޕީގެ ކިބައިން ބަދަލު ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެ އެވެ.
ތަފްސީލް - ފައްޔާޒާއި އެމްޑީޕީގެ މައްޗަށް ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މިއަދު ނިންމާފައިވަނީ:
މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކަށް ޕާޓީގެ ޗެއާޕާސަންގެ ހައިސިޔަތުން ފައްޔާޒު ޒިންމާވާންޖެހޭނެ ކަމަށް
މަރިޔަމް ޒުބައިރާއި އަހުމަދު ސަލީމް ދެއްކި ވާހަކަތަކަށް އެމްޑީޕީން ޒިންމާވާންޖެހޭނެ ކަމަށް
ގެއްލުމުގެ ބަދަލު ހޯދުމަށް ފައްޔާޒާއި އެމްޑީޕީގެ މައްޗަށް ވެސް ދައުވާކުރެވޭނެ ކަމަށް
އެ ކޯޓަށް މަރިޔަމް ޒުބައިރުގެ މައްސަލަ ހުށަހަޅާފައިވަނީ ވަކިންނެވެ. އެ މައްސަލާގައި މިއަދު ކޯޓުން ހުކުމްކުރީ ކުޑަކުއްޖެއްގެ ކަރާމަތަށް އަރައިގަނެފައިވާކަން ސާބިތުވާތީ ގެއްލުމުގެ ބަދަލު ހޯދަން އޭނާ އާއި ދެކޮޅަށް ވެސް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.
ރައީސްގެ ދަރިކަލުންގެ ކަރާމަތަށް އަރައިގަތް؛ ފައްޔާޒު އާއި އެމްޑީޕީ ޒިންމާވާންޖެހޭނެ: ފެމިލީ ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ