ސިނގިރޭޓު ވައްކަން: ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން ދޭ “ސިގްނޭޗާ ރިސާޗް ސްކޮލާޝިޕް” 40 މީހަކަށް ދީފި އުންމަތެއް ނުވަތަ ގައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުން: ސާޖިދާ ގުޅީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެ

ހިޔާ ޓަވަރުތަކުގެ ފިނިޝިން މަސައްކަތަށާއި، ވިނަރެސް ފްލެޓް ގަންނަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓް ކުޑަކޮށްދޭން އެދިވަަޑައިގެންފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސްގެ ރަސްމީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ، ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނު ތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
https://x.com/MMuizzu/status/1989975632240087233?s=20
އެގޮތުން، ހިޔާ ފްލެޓް ތަކުގެ ފިނިޝިންގ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %12 އިން %10 އަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމަށާއި، އަދި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %9 އިން %8 އަށް ކުޑަ ކުރުން، އެއީ ކުރެވިދާނެކަމެއްކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތު ލިބިފައިވާތީ، އުސޫލުގެ ތެރެއިން މިކަންތައް ކޮށްދެއްވުމަށް އެދިވަަޑައިގެންފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ