މޫނު ބުރުގާ އަޅައިގެން، ސަރުކާރު މުވައްޒަފުންނަށް ވަޒީފާ އަދާކުރެވޭ ގޮތަށް، ސިވިލް ސާވެންޓުންގެ ގަވައިދަށް ބަދަލު ގެނެސްފި އެވެ.
ވީ ކިހިނެއް؟ - މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުން، ކުރީ ސަރުކާރުތަކުގައި އޮތީ މަނާކޮށްފަ އެވެ. ޓީޗަރުންގެ މޫނު ނުފެންނާތީ، ވަޒީފާއިން ވަކި ވެސް ކުރި އެވެ.
އެކަމަކު އިއްޔެ ގެނައި އިސްލާހަކުން، އެކަން މިހާރު ވަނީ ބަދަލުކޮށްފަ އެވެ.
ތަފްސީލް - ގެޒެޓުގައި އާއްމުކޮށްފައިވާ އެ އިސްލާހުގައި ބުނީ:
ހިދުމަތުގެ ގޮތުން ކާކުކަން އެނގެން ޖެހޭ ފަދަ ހިދުމަތެއް ދޭ މުވައްޒަފުން ތިބެން ޖެހޭނީ، އެ މީހެއްގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ހަރުކޮށްގެން ކަމަށް
މީގެ ކުރިން، އެ ގަވައިދުގައި އޮންނަނީ، ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތުގެ ގަޑީގައި ތިބެން ޖެހޭނީ، ކާކުކަން ރަނގަޅަށް އެނގޭނެ ފަދަ ގޮތަކަށް ހެދުން އަޅައިގެން ކަމަށް
އެހެންވެ، މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމުގެ ފުރުސަތެއް އޭރު ނޯވޭ
އެނގުން މުހިއްމު - މިދިޔަ މަހުގެ ތެރޭގައި ވަނީ، މޫނު ބުރުގާ އަޅައިގެން ކޯޓުތަކާއި ޝަރުއީ ދާއިރާގައި ވަޒީފާ އަދާ ކުރެވޭނެ ގޮތަށް ވެސް ނިންމާފަ އެވެ.
މޫނު ބުރުގާއާ އެކު ސިވިލް ސާވިސްގެ ވަޒީފާ އަދާކުރެވޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ