ބީއެމްއެލްގެ އެމެކްސް ކްރެޑިޓް ކާޑަށް 50،000 ޕޮއިންޓް ލިބޭ ޕްރޮމޯޝަނެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް 50،000 ރިވާޑް ޕޮއިންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހު 14ގެ ނިޔަލަށެވެ.
ތަފްސީލް - މި މުއްދަތުގެ ތެރޭގައި ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. އެގޮތުން:
ބަލައިގަންނާނީ ބީއެމްއެލް ކާޑު މެޝިން އަދި ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ ވިޔަފާރިތައް 
ޕްރޮމޯޝަން ނިމުމުން، 50،000 ބީއެމްއެލް ރިވާޑްސް ޕޮއިންޓް ލިބޭ 50 ނަސީބުވެރިން ހޮވާނެ
ފާހަގަކޮށްލެވޭ - 8،000އަށް ވުރެ ގިނަ މާޗެންޓުންނާ އެކު ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. ބީއެމްއެލް އެމެކްސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް:
އެ ބޭންކުގެ ޕާޓްނަރު މާޗެންޓުން ދެމުން އަންނަ ޑިސްކައުންޓްތަކާއި އީޒީޕޭ އިންސްޓޯލްމެންޓް ޕްލޭން ހިމެނެ 
ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކަށް ބީއެމްއެލް ރިވާޑްސް ޕޮއިންޓް ލިބުން ފަދަ ހާއްސަ ފައިދާތައް ލިބޭ
ބީއެމްއެލް ރިވާޑްސް ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑާއި ރާއްޖޭގެ ބައެއް ވިޔަފާރިތަކުގެ ވައުޗަރު ވެސް ލިބޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ