ކޮލިޓީ ސާފް ބްރޭންޑްތަކުގެ އުފެއްދުންތައް ވިއްކުމުގައި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ މަޝްހޫރު "ބަނޫން" ފިހާރަ، ހުޅޫމާލޭ ނިރޮޅުމަގަށް ބަދަލުވެއްޖެއެވެ.
މާލޭގައި ބަނޫނުން ކުރަމުން އައި ވިޔަފާރި ހުޅުމާލެއަށް ބަދަލުވެފައިވާއިރު، އެ ފިހާރަ މިހާރު ހުންނަނީ ހުޅުމާލޭ ނިރޮޅުމަގުގެ ކަލަރބޭންކު ކައިރީގައެވެ. ބަނޫން ފިހާރައަކީ ހާއްސަގޮތެއްގައި ނަން މަޝްހޫރު ސާފްގެ އެކި ބްރޭންޑްތަކުގެ އަންނައުނާއި، ފައިވާނާއި، އަވި އައިނާއި ބޫޓުގެ އިތުރުންވެސް ތަފާތު އުފެއްދުންތައް ވިއްކާ ފިހާރައެކެވެ.
ބަނޫން ޝޮޕް
މީގެ އިތުރުން ބަނޫން ފިހާރައިން އެކި ބްރާންޑްތަކުގެ ދަބަހާއި، އެކްސްޓްރީމް ސްޕޯޓްސްއަށް ބޭނުންވާނޭ ތަފާތުގިނަ އައިޓަމްސްތައް ލިބެންހުރެއެވެ.
ބަނޫނުން ދެ ޖިންސްގެ މީހުންނަށް ބޭނުންވާ ތަކެތި ލިބެން ހުންނައިރު، ވޮލެޓާއި، ތޮތްޕާއި، ސާފް ކުރުމުގެ އިތުރުން ސްކޭޓިންއަށް ބޭނުންވާނެ ތަކެތިވެސް އެތަނުން ލިބެން ހުރެއެވެ.
ބަނޫން ޝޮޕް
ޒުވާނުންގެ ތެރޭގައި ބަނޫން ފިހާރަ މަޤްބޫލުވެގެން ގޮސްފައިވަނީ އެކި ބްރޭންޑްތަކުގެ ކޮލިޓީ އުފެއްދުންތައް އެއްތަނަކުން ލިބެން ހުންނާތީއެވެ. ބަނޫނުން ލިބެންހުންނަ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި، އޮނީލް، ޓްރިޕަލް އެއިޓް، އޮކްސްބޯ،ސޯލްޓީ ކުރޫ، ރީފް، ކޯސްޓާ، ވޮލްކޮމް، ރިޕްކާލް ގްލޯބް ފަދަ ބްރޭންޑްތައް ފާހަގަކޮށްލެވެއެވެ.
މީގެ ތެރެއިން އޮސްޓްރޭލިއާ އަދި އެމެރިކާ އަދި ޔޫރަޕްގެ ޤައުމުތަކަށް ނިސްބަތްވާ ގިނަ ބްރޭންޑްތަކުގެ އުފެއްދުންތައް ބަނޫނުން ވިއްކަނީ އޮތޮރައިޒްޑް ރީސެއިލާގެ ހައިސިއްޔަތުންނެވެ. ބަނޫނުން ވިއްކާ ތަކެތި ފާހަގަކުރެވިފައިވަނީ، ޔުނީކް އަދި ކޮލިޓީ ރަނގަޅުވުމުގެ ސަބަބުންކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.
މަޝްހޫރު ސާފް ޝޮޕް "ބަނޫން" ހުޅުމާލޭ ނިރޮޅުމަގަށް ބަދަލުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ