ސިނގިރޭޓު ބޯ މީހުންނަށް މެޑަމް ސާޖިދާގެ ނަސޭހަތެއް: ސިނގިރޭޓާ ދުރުވުމުގެ ޖިހާދެއް ފައްޓަވާ!

ސިނގިރޭޓު ބޯ ކޮންމެ މީހަކުވެސް ދުންފަތާ މެދު ހޭލުންތެރިވެ، އަމިއްލަ ނަފުސު އެކަމުން ސަލާމަތްކުރުމުގެ ޖިހާދެއް، އާ އަޒުމަކާއެކު ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ
އެކަމަނާ އެގޮތަށް ގޮވާލެއްވީ، ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ. މުލަކު ސްކޫލު ހޯލުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، މިއަދު ފެށި ދުންފަތާ ދުރުހެލިވުމުގެ ހާއްސަ ގައުމީ ކެމްޕޭނަކީ ނަތީޖާ ފެންނާނެ ހެޔޮ މަސައްކަތެއް ކަމަށާއި މި ބޮޑު ގައުމީ މައްސަލައިން ދިވެހި ގައުމު ސަލާމަތްކުރުމަށް، ހުރިހާ ދިވެހީން އަތުގުޅާލަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މެޑަމް ސާޖިދާ ވަނީ ދުންފަތުގެ ނުރައްކާތެރި ވަބާއިން ގައުމު ސަލާމަތްކުރުމުގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ހިންގާ ފަރާތްތައް އިސްދައުރެއް އަދާކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ދުންފަތުން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގައި ވިޔަފާރިވެރީން އިސްނެންގެވުމަށްވެސް އެކަމަނާ ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ