ވިޒިޓް މޯލްޑިވްސް އިން ރަޝިޔާގެ ޕްރިމިއަމް ޓުއަރ އޮޕްރޭޓަރެއް ކަމަށްވާ ލޮޓީއާ ގުޅިގެން، ރަޝިޔާގެ ޕްރިމިއަމް ޓްރެވެލް ޓްރޭޑް ޕާޓްނަރުންނަށް ހާއްސަ ލަގްޒަރީ ނެޓްވޯކިން އިވެންޓެއް މޮސްކޯގައި ބާއްވައިފިއެވެ.
"މީގެ އެންމެ ފަންސަވީސް އަހަރު ކުރިން ދިވެހިރާއްޖެއަކީ މަސްވެރިކަމަށް ބުރަވެފައި އޮތް ޖަޒީރާ ރަށްތަކެކެވެ. ނަމަވެސް މިއަދު ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އަދި އެންމެ މަގުބޫލު އެއް މަންޒިލެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މި ކާމިޔާބީގައި ބައިވެރިވުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެކެވެ." ލޮޓީގެ ފަރާތުން ބުނެފައިވެއެވެ.
މި ސީޒަނުގައި 6,400 އަށްވުރެ ގިނަ ސީޓް ވިއްކާފައިވާއިރު، މިއީ ކުރީ އަހަރަށްވުރެ 1.8 ގުނަ އިތުރު އަދަދެކެވެ. އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ އާ އަހަރުގެ ބަންދާ ދިމާކޮށް ކަމަށްވާއިރު، އެ ދުވަސްވަރު ފްލައިޓްތަކުގެ ލޯޑް ފެކްޓަރ ވަނީ 110 އިންސައްތައަށް އަރާފައެވެ. މީގެ އިތުރުން 2026-2027 ގެ ފިނި މޫސުމަށް މިހާރުވެސް 20 އިންސައްތަ ބުކިންސް ހަދާފައިވާކަން ލޮޓީއިން ފާހަގަކުރެއެވެ.
ރަޝިޔާގެ "ލޮޓީ" އާ ގުޅިގެން މޮސްކޯގައި ލަގްޒަރީ ޓްރެވަލް ނެޓްވޯކިންގ އިވެންޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ