ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ދެންމެ ވައިޓް އެލާޓް ނެރެފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ނެރުނު އެލާޓުގައި ބުނީ، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މެންދަމު 3:00 އާ ހަމައަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
ހުޅަނގު މޫސުން ފެށި، ޖޫން މަހާއި ޖުލައި މަހަކީ ރާއްޖެއަށް އާންމު ގޮތެއްގައި އެންމެ މޫސުން ގޯސް ދުވަސްވަރެވެ.
ހުސްވި ހަފްތާގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާ އެކު ބޯކޮށް ވާރޭވެހި، މެޓް އޮފީހުން އެލާޓު ނެރެފައިވެ އެވެ.
ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ