ރާއްޖެ ޓީވީއަށް އިންޒާރު، ޗެނަލް 13 ގެ ބްރޯޑްކާސްޓް ދެ ގަޑިއިރަށް މެދުކަނޑާލަން ބްރޯޑްކޮމްއިން އަންގައިފި ރާއްޖެ ޓީވީއަށް އިންޒާރު، ޗެނަލް 13 ގެ ބްރޯޑްކާސްޓް ދެ ގަޑިއިރަށް މެދުކަނޑާލަން ބްރޯޑްކޮމްއިން އަންގައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ ޗެނަލް 13 ގެ ބްރޯޑްކާސްޓް ދެ ގަޑިއިރަށް މެދުކަނޑާލަން އަންގައިފި އެވެ.
ރާއްޖެ ޓީވީއަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނީ މާޗު 16، ގައި އެ ޓީވީއާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު އެވެ. އެއީ މާޗު 12، ގައި "އެމްޑީޕީގެ ކުއްލި އެއްވުން" ނަމުގައި އެ ޓީވީން ދެއްކި ބްރޯޑްކާސްޓެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.
ޗެނަލް 13ގެ ބްރޯޑްކާސްޓް މެެދުކަނޑާލަން އެންގީ އެއް ރޭ 20:00 އިން 22:00 އަށެވެ. އެއީ އެޕްރީލް 17، ގައި އެ ޓީވީން ސޯޝަލް މީޑިއާގައި ލައިވް ކުރި "ދަ ފްރޮންޓް އޮފީސް" ޕްރޮގްރާމްގައި ބްރޯޑްކާސްޓް ކުރުމުގެ ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ދައްކާފައިވާ ކަމަށް ނިންމުމަށް ފަހު އެވެ.
ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ