ވަރަށް ބުރަ މަސައްކަތުން ރާއްޖެއަށް ހޯދާފައިވާ ޑިމޮކްރެޓިކް ހައްްގުތަކާއި މިނިވަންކަން ހާމަކަން ބޮޑު ގޮތެއްގައި ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހު ރާއްޖޭގައި ނެތިގެން ދާކަމަށް އދ ގެ 76 ވަނަ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގައި، ޖުޑިޝަރީއަކީ އަކީ މިހާރު މިނިވަން މުއައްސަސާއެއް ނޫން ކަމަށާއި ރައްޔިތުންގެ މަޖިލިސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކިޔަމަނުގެ ދަށުގައި ކަމަށް އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ވިދާޅުވެއެވެ.
އަޑުއުފުލާ މީހުންނަށް ބިރުދެއްކުމާއި ފުރައްސާރަކުރުން ކުރިމަތި ކުރުވާކަމަށްވެސް ކުރީގެ ހާރިޖީ ވަޒީރު ޝާހިދު ވިދާޅުވެއެވެ.
އޮނަރަބަލް ޝާހިދު ވިދާޅުވާ ގޮތުގައި މީޑިއާ ކޮންޓްރޯލްކުރާ ނުރައްކާތެރި ބިލަކީ ދިވެހިންނަށް ހަގީގަތް އެނގުމުގެ ހައްގާ ދެކޮޅަށް ސީދާ އަމާޒުކޮށްފައިވާ ހަމަލާއެކެވެ. " ނޫސްވެރިކަން ބަނދެވޭ ހިނދު، ފާޑުކިޔާ މީހުންގެ އަޑު މަޑުކުރެވޭ ހިނދު، އިންސާފު ސިޔާސީކުރެވޭ ހިނދު، ޑިމޮކްރަސީ އަނދިރީގައި މަރުވެދެއެވެ" އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.
ޑިމޮކްރަސީ އާއި ރަހުމަތްތެރި ޔޫރަޕިއަން ކޮމިޝަނާއި ކޮމަންވެލްތާއި އދ ހިއުމަން ރައިޓްސް ކޮމިޝަނާއި އދ އިންސާނީ ހައްގުތަކާބެހޭ ޖަމްައްޔާއަށާއި އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް އދ ގެ ކުރީ ރައީސް ގޮވާލައްވަނީ ޑިމޮކްރަސީގެ ހައްގުގައި ދިވެހި ރައްޔިތުންނާއިއެކު ތެދުވެ ތިބުމަށެވެ.
ރާއްޖޭގެ ޑިމޮކްރަސީގެ ހައްގުގައި ތެދުވުމަށް އދ އަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ