ނޫމަޑި މައްސަލާގައި ބައިނަލްއަޤުވާމީ އާބިޓަރޭޝަނަށް ދޮގު ބަޔާނެއް ދިންކަމަށް ބުނެ ދައުލަތުން މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ މައްޗަށް ދައުވާކުރާ މައްސަލާގައި އޭނާގެ ފަރާތްޕުޅުން ހުށަހެޅުއްވި ދިފާއީ ހެކިން ބަލައިގަނެވޭނެކަމަށް ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.
ނޫމަޑި ކުންފުންޏާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ބާތިލިކުރި މައްސަލައާ ގުޅިގެން ނެދަލޭންޑްސްގެ އާބިޓަރޭޝަނަށް ޑރ.މުޢިއްޒު ދޮގު ބަޔާނެއް ދެއްވިކަމަށް ބުނެ ކުރާ ދައުވާގެ އެންމެ ފަހުގެ އަޑުއެހުމުގައި މުއިއްޒުގެ ދިފާއީ ހެކިން ބަލައިނުގަތުމަށް ދައުލަތުން ޝަރީއަތުގައި އެދުނެވެ.
ދިފާއީ ހެކިން ބަލައިނުގަންނަންވީ ސަބަބެއްކަމަށް ދައުލަތުން ދެއްކި ހުއްޖަތަކީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި މުއިއްޒު ހަނުހުންނެވުމެވެ.
އެ މައްސަލަ ބައްލަވާ ޤާޟީ ޞަފްވަތު ޙަބީބު މިއަދު އޮތް އަޑުއެހުމުގައި ވިދާޅުވީ ޝަރީޢަތުގެ ކުރިން ދައުލަތުން ދިފާއީ ހެކިން ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުމާއެކު، ހެކިތައް ބަލައިނުގަންނަންވީ ސަބަބެއް އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދީފައި ނެތް ކަމަށެވެ.
މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިން ކޯޓުގައި ހެކިބަސް ދިނުމަށް އިންކާރުކޮށް ކޯޓަށް ސިޓީ ފޮނުވާފައިވާކަމަށާއި، އެހެންނަމަވެސް އެމީހުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާތީ ކޯޓަށް ހާޒިރުކުރައްވާނެކަމަށް ޤާޟީ ވިދާޅުވިއެވެ.
މި މައްސަލާގައި ދެން އޮންނާނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. ހެކިބަސް ނެގުމުގެ ފުރަތަމަ އަޑުއެހުންތައް މި މަހުގެ 20 އަދި 21 ވަނަ ދުވަހު ބާއްވަން ނިންމަވާފައިވެއެވެ. ދިފާއީ ހެކިބަސް ބަލައިގަތުމަށް ޝަރީއަތުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފުކުރާނަމަ ދިފާއީ ހެކިންގެ ހެކިބަސް ނެގުން ލަސްވެދާނެކަމަށް ޤާޟީ ޞަފްވަތު ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެން ދައުރުގެ ފުރަތަމަ އަހަރުގައި އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ބަހާފައިވާއިރު ނޫމަޑިއަށްވެސް ކޯޓުން ބޭރުން 55 މިލިއަން ޑޮލަރުގެ ބަދަލެއް ދިނެވެ.
ޑރ.މުއިއްޒުގެ ދިފާއީ ހެކިން ބަލައިގަނެވޭނެކަމަށް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ