ޕެންޝަން ފަންޑު މެދުވެރިކޮށް "ފައިސާ ޗާޕުކުރީ" މުސާރަ ދެވޭނެ ގޮތެއް ނެތިގެން!

ޕެންޝަން ފަންޑު މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާގެ "ފައިސާ ޗާޕުކުރުމުގެ" މުއާމަލާތް ސަރުކާރުން ކުރިއަށް ގެންދިޔައީ މި މަހުގެ މުސާރަ ދެވޭނެ ގޮތެއް ނެތިގެން ކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ނަން ނުޖެހުމަށް ޝަރުތުކޮށް 'އަދަދު' އަށް މައުލޫމާތު ދީފި އެވެ.
ޕެންޝަން ފަންޑުގައި ކުރިން ތިބި ބޯޑު މެންބަރުންނާއި އިސް މުވައްޒަފުން، ފަންނީ މާހިރުން، އިދިކޮޅު ސިޔާސީ ފަރާތްތައް އަދި އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީބިލު ދިގުމުއްދަތުގެ ބޮންޑަކަށް ބަދަލުކުރުމުގެ މުއާމަލާތް ނިންމައި، އެ ފައިސާ އިއްޔެ ވަނީ ސަރުކާރަށް ލިބިފަ އެވެ.
MU STORE
Enterprise Development Industrial Pvt Ltd
MU STORE
Yes Maldives Pvt Ltd
މި މުއާމަލާތް ފުރިހަމަކުރި ކަމަށް ފިނޭންސް މިނިސްޓްރީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ޕެންޝަން އޮފީހުން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވާ ގޮތުގައި އިއްޔެ ހަވީރުވުމުގެ ކުރިން އެ ފައިސާ ވަނީ ސަރުކާރުގެ އެކައުންޓަށް ޖަމާވެފަ އެވެ.
އިގުތިސޯދީ މާހިރުން ސިފަކުރައްވާ ގޮތުގައި، ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް އެމްއެމްއޭއިން ސީދާ ދަރަންޏަށް ފައިސާ ނުނެގޭތީ ޕެންޝަން އޮފީސް މެދުވެރިކޮށް ކުރި މި އިންވެސްޓްމަންޓަކީ ގާނޫނުގައި ހުރި ބާގަނޑުތަކުގެ ބޭނުންކޮށްގެން ހިންގި ފައިސާ ޗާޕުކުރުމުގެ މުއާމަލާތެކެވެ.
ސަބަބަކީ އެމްއެމްއޭއިން ސީދާ ފައިސާ ނެގުމާއި، އެމްއެމްއޭއިން ޕެންޝަން އޮފީހަށް ފައިސާ ދިނުމަށްފަހު އެ ފައިސާ ސަރުކާރުން ބޭނުންކުރުމުގެ އިގުތިސޯދީ ނަތީޖާ މުޅިން އެއްގޮތްވުމެވެ.
މި މުއާމަލާތުގެ މައުލޫމާތު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ތިލަވީއްސުރެ ސަރުކާރާއި ޕެންޝަން އޮފީހުން ދިފާއުގައި ބުނަމުންދަނީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށާއި، ފަންޑަށް ފައިދާހުރި އިންވެސްޓްމަންޓެއް ކަމަށެވެ. ޕެންޝަން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީގެ ސަބަބުން ފަންޑުގެ ޕޯޓުފޯލިއޯ ޑައިވާސިފައިވެ، ފަންޑަށް ޑޮލަރު ލިބެން މަގުފަހިވާނެ ކަމަށެވެ.
މި މުއާމަލާތާ ދެކޮޅުހައްދަވައި ޕެންޝަން އޮފީހުގެ ބޯޑުގެ ގިނަ މެންބަރުންތަކަކާއި އިސް މުވައްޒަފުން ވަނީ މަގާމުތަކުން އިސްތިއުފާ ދެއްވާފަ އެވެ.
ޕެންޝަން ފަންޑުގެ 2.4 ބިލިއަން ރުފިޔާގެ ޓީބިލު ދިގުމުއްދަތުގެ ބޮންޑަކަށް ބަދަލުކޮށް، ގިނަ ބައެއްގެ ކަންބޮޑުވުންތަކާއެކު ސަރުކާރުގެ ހަރަދުތަކަށް އެ ފައިސާ މިއަދު ވަނީ ނަގާފަ. އިގުތިސޯދީ މާހިރުން މިއީ ފައިސާ ޗާޕުކުރުން ކަމަށް ސިފަކުރި ނަމަވެސް، ސަރުކާރާއި ޕެންޝަން އޮފީހުން ބުނަނީ މިއީ ފަންޑަށް ފައިދާހުރި އިންވެސްޓްމަންޓެއް ކަމަށް.
މި މުއާމަލާތާ ދެކޮޅު ހައްދަވާ ފަންނީ މާހިރުންނާއި އިސްތިއުފާ ދެއްވި ބޯޑު މެންބަރުން ފާހަގަކުރައްވާ ގޮތުގައި މިއީ ލިބޭނެ ފައިދާއަށްވުރެ ގެއްލުން ބޮޑު ނިންމުމެކެވެ.
"މި މުއާމަލާތުން ލިބޭ ފައިސާއިން ސަރުކާރުން މުސާރަތައްދީ ބިލުތައް ދެއްކުމުން އިގުތިސޯދުގައި ރުފިޔާ އިތުރުވެ، ޑޮލަރަށް އޮންނަ ޕްރެޝަރު އުފުލި، ތަކެތީގެ އަގު ބޮޑުވެގެންދާނެ. މީގެ އެންމެ ގޯސް ނަތީޖާއަކަށް ވާނީ ތަކެތީގެ އަގު އުފުލި، މި އިންވެސްޓްމަންޓުން ފަންޑަށް ލިބޭނެ ކަމަށް އަންދާޒާކުރާ ފައިދާ އެއްކޮށް ފުހެވިގެން ދިއުން،" އިގުތިސާދީ މާހިރަކު ވިދާޅުވި އެވެ. 
މި ނިންމުމާއެކު އިންފްލޭޝަން މަތިވެ، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އިތުރަށް އުފުލިގެންދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ