އޭޝިއާގެ ނެޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ ޓީމު ލަންކާ އަށް

އަންނަ މަހު ހޮންގް ކޮންގުގައި ކުރިއަށްދާ 14 ވަނަ އޭޝިއާގެ ނެޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށްޓަކައި، ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމުން ސްރީ ލަންކާ އަށް ޓްރެއިނިން ކޭމްޕަކަށް ގޮސްފި އެވެ. 
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ، މި ދަތުުރުގައި ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމުން އިންޓެންސިވް ޓްރެއިނިން ސެޝަންތަކެއް ކުރިއަށްގެންދިއުމުގެ އިތުރުން، ޕްރެކްޓިސް މެޗުތަކެއް ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، މި މެޗުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މެޗުތައް ކުޅެން ބޭނުންވާ ތަޖުރިބާ ހޯދުމަށް މަގުފަހިވާނެ ކަމަށާއި ޓީމުގެ ކޮމްބިނޭޝަނާއި އެހެނިހެން ކަންކަން މުބާރާތަށް ދާއިރު ރަނގަޅު ކުރުމަށްޓަކައިފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. 
Yes Maldives Pvt Ltd
MU STORE
MU STORE
Enterprise Development Industrial Pvt Ltd
އެންމެ ފަހުން، އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް ބޭއްވީ 2024 ވަނަ އަހަރު ސިންގަޕޫރުގަ އެވެ. އެ ފަހަރުގެ މުބާާރާތުގައި ޖުމްލަ އެކު 14 ޓީމަކުން ވާދަކުރިއިރު، ރާއްޖެ ނިންމާލީ އަށް ވަނައިގަ އެވެ. ރާއްޖޭން އަށް ވަނައިގައި ނިންމާލީ ވަރުގަދަ ގައުމުތަކެއް ފަަހަތައް ޖައްސާލައިފަ އެވެ. އޭގެ ތެރޭގައި ނުވަ ވަނައިގައި އޮތް އިންޑިއާ އާއި 11 ވަނައިގައި އޮތް ޖަޕާން އަދި 12 ވަނައިގައި އޮތް ބަހުރޭން ފާހަގަކޮށްލަން ޖެހެ އެވެ. 
ރާއްޖޭން އެންމެ ފަހުން މުބާރާތުގައި ނެރުނު ބައެއް ނަތީޖާތަކަށް ބަލާއިރު، ސައުދީ އަރަބިއްޔާ އަތުން 74-14 އިން މޮޅުވުމާއި، އިންޑިއާ އަތުން 54-48 އިން މޮޅުވުމާއި ޖަޕާން އަތުން 62-24 އިން މޮޅުވުން ހިމެނެ އެވެ.  
ސިންގަޕޫރުން އެ ފަހަރުގެ މުބާރާތް ކާމިޔާބުކުރި ފައިނަލްގައި ލަންކާ ބަލިކޮށްފަ އެވެ. ލަންކާ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ވަނީ ހަ ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. 
ހޮންގް ކޮންގުން އޭޝިއާގެ ނެޓްބޯޅަ މުބާރާތް މި ހޯސްޓްކުރަނީ، 1993 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ. މި ފަަހަރުގެ މުބާރާތުގެ ފައިނަލަށް ދާ ދެ ޓީމަށް، ނެޓްބޯޅައިގެ ވޯލްޑް ކަޕުން ޖާގަ ލިބޭނެ އެވެ. އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް ކުރިއަށްދަނީ، މި ރީޖަނުގެ ކޮލިފައިން ވެސް ހިމެނޭ ގޮތަށެވެ. 
އަންނަ މަހުގެ 8-15 އަށް ކުރިއަށްދާ މި މުބާރާތުގެ ކަޕް ބައިގައި ކުޅެނީ، ސިންގަޕޫރު، ސްރީ ލަންކާ، މެލޭޝިއާ، ހޮންގް ކޮންގް، ރާއްޖެ އަދި އިންޑިއާ އެވެ. އަދި، ޕްލޭޓް ކެޓަގަރީގައި ވާދަކުރަނީ، ޗައިނީސް ޓައިޕޭ، ޖަޕާން، ޕާކިސްތާން، ތައިލެންޑް އަދި ދެކުނު ކޮރެއާ އެވެ. 
ރާއްޖޭން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އަށް ވަނަ ދުވަހު ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން، ސިންގަޕޫރުއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ