ލޭގައި ހުންނަ ބަލިތައް އަވަހަށް ދެނެގަންނަ ޓެސްޓް ރާއްޖޭގައި ހަދަންފަށައިފި

ލޭގައި ބަލި ހުންނަ މުއްދަތު އަވަހަށް ދެނެގަންނަ ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފިއެވެ.
ނިއުކްލިއިކް އެސިޑް ޓެސްޓިންއަކީ އެކި ފަރާތްތަކުން ހަދިޔާކުރާ ލޭގައި ހުރެދާނެ އެޗްއައިވީ، ހެޕަޓިޓިސް ބީ އަދި ހެޕަޓިޓިސް ސީ ފަދަ ބަލިތައް އާދައިގެ ޓެސްޓިންއަށްވުރެ އެތަށް ގުނައެއް އަވަހަށް ޔަޤީންކަމާއެކު ދެނެގަނެ، ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭނުންކުރަމުން އަންނަ އެންމެ ފަހުގެ ޓެކްނޮލޮޖީއެކެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ލޭގެ ޚިދުމަތް އިތުރަށް ރައްކާތެރި އަދި ޒަމާނީ ކުރުމަށްޓަކައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ގެންދިއުމަށް އެޅި މުހިއްމު ގައުމީ އަދި ތާރީހީ މަސައްކަތެއްގެ ފެށުން ކަމަށެވެ.
މި ޚިދުމަތް ތައާރަފް ކުރެވިގެން ދިއުމަކީ، ސިއްޙީ ދާއިރާ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި ވަޢުދުފުޅުތަކާ އެއްގޮތަށް، ލޭގެ ޚިދުމަތް އިތުރަށް ރައްކާތެރި އަދި ޒަމާނީ ކުރުމަށްޓަކައި، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ގެންދިޔުމަށް އެޅުނު މުހިއްމު ޤައުމީ އަދި ތާރީޚީ މަސައްކަތެއްގެ ފެށުން ކަމަށް ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ، މިއީ ލޭގެ ޚިދުމަތުގެ ޤައުމީ މިންގަނޑުތައް އަދި މޯލްޑިވްސް ތެލަސޭމިއާ މާސްޓަރ ޕްލޭން 2024–2034 ގައި ކަނޑައެޅިފައިވާ އިސްތިރާޖީ މަޤްޞަދުތައް ހާސިލް ކުރުމަށް އެޅުނު މުހިއްމު ޤައުމީ ފިޔަވަޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ