ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރެއްވުމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިނލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރައީސް އޮފީހަށް ވަޑައިގެންފި އެވެ.
ގާސިމް ރައީސް އޮފީހަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެމަނިކުފާނު ރައީސް އޮފީހަށް ވަޑައިގެންނެވި މަންޒަރުގެ ވީޑިއޯއެއް ވެސް މީސްމީޑިއާގައި ވަނީ އާންމުވެފަ އެވެ.
މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ޖޭޕީގެ ލީޑަރު ގާސިމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް އޮފީހުގައި ބައްދަލުކުރައްވާއިރު، މި އަހަރުގެ ރިޔާސީ އިންތިހާބަށް ގާސިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި ނުކުމެވަޑައިގަންނަވާ ވާހަކަތައް ވަނީ ފެތުރިފަ އެވެ.
ގާސިމް ރައީސް ސޯލިހު އާއި ބައްދަލު ކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ