ބޭރުގެ ކޮލެޖަކުން ޕީއެޗްޑީއަށް ކިޔެވި ދަރިވަރުންތަކެއްގެ ސެޓްފިކެޓް މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ނުކޮށްގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެމްކިއުއޭއާ އެއްކޮޅަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެތަނުން ކިޔެވި ދަރިވަރުން ޕްރޮގްރާމް ފުރިހަމަކުރި ފަހުން، އެއީ އެ އިދާރާއިން ގަބޫލު ކުރާ ޕްރޮގްރާމެއް ނޫން ކަމާއި ދަރިވަރުންގެ ޕީއެޗްޑީގެ ސަނަދު ގަބޫލު ނުކުރެވޭނެ ކަމަށް 2021 ވަނަ އަހަރު އެމްކިއުއޭއިން އެންގި އެވެ.
އެހެންވެ، އޭގެ ތެރެއިން ބައެއް ދަރިވަރުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެއީ އެފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނަގޮތަށް ނިންމާފައިވާ ނިންމެއް ކަމަށް ބުނެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެވެ.
ޕީއެޗްޑީތައް ގަބޫލުކުރަން އެމްކިއުއޭގެ މައްޗަށް އަމުރުކޮށްދެވެން ނެތްކަމަށް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ