ސްޓެލްކޯއިން އއ. ހިމަންދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފިއެވެ.
ސްޓެލްކޯއިން ބުނީ ހިމަންދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފައި މިވަނީ އެރަށުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދިއުމާއި ގުޅިގެން ޑިމާންޑާއި އެއްވަރަށް ކޭޓާ ކުރުމަށްޓަކައި ކަމަށެވެ. އެގޮތުން 336 ކިލޯވޮޓްގެ މުޅިން އައު ޖަނަރޭޓަރު ސެޓެއް މިހާރު ވަނީ އެރަށަށް ގެންދެވިފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ މި ޖަނަރޭޓަރު ސެޓް ބޭނުން ކުރަން ފެށުމާއެކު ހިމަންދޫގައި އެކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެކަމަށެވެ.
ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން ހިމަންދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ