މި ސަރުކާރުގައި ލޯކަލް ގަވަމަންޓު މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް އުމަރު ރާއްޖޭން ގަތަރަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އަދި ކުރީގެ އެންވަޔަރަމެންޓު މިނިސްޓަރުކަން ކުރެއްވި ތޯރިގު އިބްރާހިމް ޔޫއޭއީއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މިއަދު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސަފީރުކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ތަފްސީލް - އާދަމް ޝަރީފާއި ތޯރިގު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ފަހު ސަރުކާރުގެ ހިންގުމަށް ބަދަލު ގެނައުމަށް ނިންމަވާ، ކެބިނެޓުގެ ބައެއް ވަޒީރުން އިސްތިއުފާ ދެއްވުމަށް ރައީސް އަންގެވުމުންނެވެ.
އޭގެ ފަހުން ތޯރިގާއި އާދަމް ޝަރީފް، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކުރެއްވި އެވެ.
ސަފީރުކަމަށް އައްޔަންކުރުމަށް އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވީ މިދިޔަ މަހު އެވެ.
ކުރީގެ މިނިސްޓަރު އާދަމް ޝަރީފާއި ތޯރިގު ސަފީރުކަމަށް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ