މެޗު ދުވަހުގެ ފޯރި ގަދަކޮށްލަން މި ކޮމްބޯ ހަމަ އެއްވަނަ!

ވޯލްޑު ކަޕްގެގެ މެޗްތައް ބަލާ ގަޑި ފުރިހަމަކޮށްލަން ބޭނުންވަނީ ހަމައެކަނި ފޯރިގަދަ ކުޅުމެއް ނޫނެވެ. މެޗު ބަލަން އިންނައިރު ކާލަން އެންމެ މީރު، އެންމެ ފުރިހަމަ ސްނެކްސް ވެސް ހުންނަންޖެހެ އެވެ. އެކަމަށްޓަކައި އެންމެ ފުރިހަމަ ކޮމްބޯ އެމްޔޫ ސްޓޯރުން މި ވަނީ ތައާރަފުކޮށްފަ އެވެ.
ޓައިސަން ޗިކަން ނަގެޓްސް އަދި އިކޯފްރޮސްޓް ފްރައިސް  އަކީ މެޗު ބަލާއިރު ކާލަން އެންމެ ގަޔާވާނެ، މީރު ދެ ބާވަތެވެ.
މެޗުގެ ފަހު މިނެޓުގައި ވައްދާލާ ގޯލަކަށް އުފާ ފާޅުކުރާއިރު ނުވަތަ ޕެނަލްޓީއަކުން ހިތްއަވަސްވެފައި އިންނައިރު، މި ކޮމްބޯއިން އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ. 
ޓައިޝަން ޗިކަން ނަގެޓްސް އަކީ ބޭރުފުށް މުރަނަ، އެތެރެ މަޑު އަދި ކާލަން ނުހަނު މީރު ނަގެޓްސްއެކެވެ. 
އިކޯޕްރޮސްޓް ފްރައިސްއަކީ ފެންވަރު ރަނގަޅު އަލުވީގައި ތައްޔާރުކޮށްފައިވާ، ކާލާއިރު މުރުނަ ކަމެއް ގެނެސްދޭ ފްރައިސްއެއް.
މިއީ ވަރަށް ފަސޭހައިން އަދި އަވަހަށް ތައްޔާރުކޮށްލެވޭ، އެންމެންނާ އެކު ހިއްސާކޮށްލަން އެންމެ ސަޅި ސްނެކްސްއެވެ. ބަދިގޭގައި ގިނަވަގުތު ހޭދަކުރުމުގެ ބަދަލުގައި، މެޗަށް ފުރިހަމައަށް ސަމާލުކަން ދެވޭނެ އެވެ.
ގޭގައި ތިބެގެން ސްޓޭޑިއަމްއެއްގެ އިހުސާސް ކޮށްލުމަށްޓަކައި މި ފުރިހަމަ އުފެއްދުން ރާއްޖެއަށް އެތެރެކޮށް ވިއްކަނީ އެމްޔޫ ސްޓޯރު އިންނެވެ. 
މެޗު ފެށުމުގެ ކުރިން  ސްނެކްސް ތައްޔާރުކޮށްލާށެވެ. އެމް.ޔޫ ސްޓޯރުގެ އައުޓްލެޓްތަކުން ނުވަތަ ކައިރި ފިހާރަތަކުން މި ސަޅި ކޮމްބޯ މިހާރު ލިބެން ހުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ