މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ނަމުގައި ފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން ގުޅަމުންދާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.
މީރާއިން ބުނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން އެ އޮތޯރިޓީގެ ނަމުގައި ގުޅައި، ފައިސާ ހޯދުމަށް އެދެމުން އަންނަކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި އެގޮތުން އެ ފަރާތްތަކުން އެދެމުން އަންނަނީ އެ އޮތޯރިޓީގެ އަހަރީ ދުވަހާއި ގުޅުވައިގެން ހިންގާ ތަފާތު އެކި ހަރަކާތްތަކަށް ފައިސާ ހޯދުމަށް ކަމަށެވެ.
އަދި އެގޮތަށް ގުޅާ ފަރާތްތަކުން މޮބައިލް އަށް ރިޗާރޖު ކޮށްދިނުމަށާއި ވަކި އެކައުންޓަކަށް ތަފާތު އެކި ޢަދަދުތަކުން ފައިސާ ޓްރާންސްފަރ ކުރުމަށް އެދެމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެއީ އެ އޮތޯރިޓީން ކުރަމުން އަންނަ ކަމެއް ނޫން ކަމަށް މީރާ އިން ބުނެއެވެ.
މީރާއިން ބުނީ އެ އޮތޯރިޓީގެ އެއްވެސް ހަރަކާތަކަށް ފައިސާ ހޯދުމަށް ނުގުޅާނެ ކަމަށާއި އެފަދަ ގޮތަކަށް ފައިސާ ހޯދަން އެއްވެސް ފަރާތަކުން ގުޅައިފި ނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވީހާވެސް އަވަހަކަށް އެންގުމަށް އެދޭ ކަމަށެވެ.
މީރާގެ ނަމުގައި ފައިސާ ހޯދުމަށް ގުޅާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ