މާލެއަށް ލަފައިފުރާ ދަތުރުވެރީންނަށް ހާއްސަކޮށް ގިމަތަތަކެއް ހަދަނީ

މާލެއަށް ޒިޔާރާތް ކުރާ ފަރާތްތަކަށާއި، މާލެއިން ފުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ގިމަތަތަކެއް ހެދުމަށް ރާވަމުންދާކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މާލެއަށް އެކިއެކި ބޭނުންތަކަށް އަންނަ މީހުން ވާރެއާއި އަވިން ނިވާވާނެ އިންތިޒާމެއް ހަމަޖެއްސުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި މިިކަމަށް އެންމެ އެދެވޭ ޙައްލެއް އަވަސް މުސްތަގުބަލެއްގައި ހޯދޭނެކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން، މާލެއަށް އެކިއެކި ބޭނުންތަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާއި ކުޑަކުދިން ވެސް ހިމެނޭތީ، މިފަދަ ގިމަތަތަކެއް ހުރުމަކީ ނުހަނު ބޭނުންތެރިކަމެއްގެ ގޮތުގައި މޭޔަރު ވަނީ ސިފަކުރައްވާފައެވެ. މާލޭ ސަރަޙައްދަކީ ދިރިއުޅެން ފަސޭހަ ސަރަހައްދަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ސިޓީ ކައުންސިލްގެ ފަރާތުން ކުރަމުން އަންނައިރު، އިމާރާތްތަކާއި ގެތަކުން މަގުތަކަށް ފެން ފައިބާ ތަންތަނުގެ 80 އިންސައްތަ ތަންތަނަށް މިހާރު ވަނީ ހައްލުގެނެވިފައިވާ ކަމަށް އެ ކައުންސިލުން ބުނެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ