އެސްޓީއޯއިން ރޯދަމަހަށް ޚާއްސަކޮށްގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެއްޖެ

ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން ކާބޯތަކެތި އެތެރެކުރުމުގެ ޚާއްސަ ތައްޔާރީތަކެއް އެސްޓީއޯއިން ފަށައިފިއެވެ.
މިގޮތުން އެންމެ ފުރަތަމަ ޝިޕްމަންޓް ފެބްރުއަރީ މަހުގެ ތެރޭގައި މާކެޓަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
ރަމަޟާން މަހަކީ ކާބޯތަކެތީގެ ޑިމާންޑް އިންތިހާއަށް މަތިވާ މޫސުމަކަށް ވުމާއެކު، އިކޮނޮމިކް މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެމުން އާދެއެވެ. އަދި މުދަލުގެ އަގުތައް މައްޗަށް ދާނަމަ، އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އަގު ކޮންޓްރޯލްކުރެވޭނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.
އެސްޓީއޯގެ މައިގަނޑު މަޤްޞަދަކީ ޒަރޫރީ ބޭނުންތަކުގެ މުދާ އެކަށީގެންވާ އަގެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށްވާތީ، މިއަހަރުގެ ރޯދަމަހަށް ވެސް އެކަށީގެންވާ މިންވަރަށް މުދާ އިމްޕޯޓްކޮށް، އަގުތައް މޮނިޓަރކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ