ވ. އަތޮޅުގެ ޗެމްޕިއަން، ކެޔޮދޫ އަތުން 1-0 އިން މޮޅުވެ، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގަދަ 16 ޓީމު ވާދަކުރާ ބުރުން ފުރަތަމަ ޖާގައެއް ޔަގީންކުރި ޓީމުގެ ޝަރަފް މަތިވެރިން ހޯދައިފި އެވެ.
މަތިވެރިން ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުުރުކޮށްފަ އެވެ. އެއީ ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. މަތިވެރިން ވަނީ މި ފަހަރުގެ ޒޯން ބުރުގައި ފުރަތަމަ ކުޅުނު ތިން މެޗުން މޮޅުވެ، ޒޯން ތަށި ދިފާއުކުރުމުގެ ފުރުސަތު ހޯދައި ފައިނަލަށް ޖެހިލައިފަ އެވެ.
ޒޯން ހަތަރެއްގެ ތާވަލަށް ބަލާއިރު، މަތިވެރި އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދި މަހިބަދޫ އެވެ. ތިން ވަނައިގައި އޮތް ކެޔޮދޫ އަށް ތިން މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް މަންދޫ އާއި ފަސް ވަނައިގައި އޮތް ތޮއްޑޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ދެ ޓީމުން ވެސް ވަނީ ދެ މެޗު ކުޅެފަ އެވެ.
މަތިވެރި އަށް މިރޭގެ މެޗުގައި ލަނޑު ޖަހައިދިނީ ދެ ވަނަ ހާފުގެ ކުރީކޮޅުގައި، އަބްދުﷲ ފިޒާން އަބްދުލް ގަފޫރު (ފިޒޭ) އެވެ. އޭގެ ފަހުން، އިތުރު ގޯލެއް ޖަހަން ފިޒޭ އަށް ތިން ފުރުސަތެއް ލިބުނުއިރު، އޭގެ ބޭނުމެއް ނުހިފުނެވެ.
މެޗުގެ ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ކެޔޮދޫ އަށް ލިބުނެވެ. މަތިވެރީގެ ފަސް ފައުލު ހަމަވެ، އިތުރު ވަގުތުގައި ހަ ވަނަ ފައުލު ކުރުމުން ދިން ދުރު ޕެނަލްޓީން ކެޔޮދޫ ޓީމުގެ ކެޕްޓަން، އަރީން އަބްދުﷲ ފޮނުވާލި ބޯޅަ މަތިވެރި ޓީމުގެ ކީޕަރު، ހުސެއިން ސަބީލް ވަނީ މަތަކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ކީޕަރު ސަބީލް އެވެ.
މަހިބަދޫން ތޮއްޑޫ ބަލިކުރި މެޗުގައި ލަނޑުތައް ޖެހީ، އަހުމަދު ޒިފާން އިބްރާހިމް (ޒިއްޕެ) އާއި ސުއައިދު ސައީދު އެވެ. ތޮއްޑޫގެ ހަމައެކަނި ލަނޑު ޖެހީ، އިބްރާހިމް އުޝާމަތު އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ގަދަ 16 ޔަގީންކުރި ފުރަތަމަ ޓީމަކީ މަތިވެރި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ގަދަ 16 ޔަގީންކުރި ފުރަތަމަ ޓީމަކީ މަތިވެރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ